19 May 2012, 17:09
ރ. އިނގުރައިދޫ ކައުންސިލްގެ ރައީސް ހަސަން މޫސާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހުސަން މޫސާ ވިދާޅުވީ ކައުންސިލް ރައީސް ކަމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ ބުރާފަތި ދުވަހު ކަމަށާއި އިސްތިއުފާ ދެއްވީ ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ އެހެން ކައުންސިލަރުނަށް އެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު ދެއްވުމަށް ކަމަށެވެ.
"[އަޅުގަނޑު ރައީސް ކަމުން އިސްތިއުފާ ދިނީ] އެހެން ކައުންސިލަރުންނަށް ވެސް އެ ފުރުސަތު ދޭން ވެގެން،" ހަސަަން މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޑީއާރްޕީ ފަސް މެންބަރުން ހިމެނޭ ކައުންސިލް ތެރޭގައި އެއްވެސް މައްސަލައެތް ނެތް ކަމަށެވެ.
ކައުންސިލުގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުން ދެން ބާއްވާނެ ދުވަހެއް އަދި އެޖެންޑާ ކޮށްފައެއް ނުވެއެވެ.