10 Nov 2023, 16:56
ސްޕޭސް އެކްސްގެ ސްޓާލިންކްއިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭ ގައުމުތަކުގެ ޗާޓުގައި ރާއްޖެ ހިމެނުމާއެކު އެ ޚިދުމަތަށް ރަޖިސްޓަރުކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ޚިދުމަތަށް އެދޭނެ ގޮތް:
ސްޓާލިންކްގެ ޚިދުމަތަށް ރަޖިސްޓަަރުކުރުމަށް ޓަކައި ފުރަތަމަ ޖެހޭނީ ސްޓާލިންކްގެވެބްސައިޓްއަށް ވަންނަން ސާވިސް އެޑްރެސް ޖަހާށެވެ.
އެއަށްފަހު 'ޔޫސަނޭމް''އާއި ޝިޕިން އެޑްރެސް ނުވަތަ ބިލިން އެޑްރެސް ޖަހައި ޕޯސްޓް ކޯޑް ނުވަތަ ޒިޕްކޯޑް ޖަހާނީއެވެ. އެއަށްފަހު ސްޓާލިންކްގެ ސެޓެލައިޓް ޓާމިނަލް ގަންނަން ފައިސާ ދައްކައި، އޯޑަރު ކޮންފާމްކޮށްލާނީއެވެ.

ސްޓާލިންކްގެ ބައެއް ޕެކޭޖުތައް
ސްޓޭންޑާޑް:މިއީ ގޭގައި ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ޕެކޭޖެވެ.
މި ޚިދުމަތް ހޯދުމަށް ޓަކައި ހޯދަން ޖެހޭ ސްޓާލިންކް ސެޓެލައިޓް ނުވަތަ ޓާމިނަލް ލިބެނީ 10،000 ރުފިޔާއަށެވެ. ޚިދުމަތް ހޯދަން މަހަކު ދައްކަންޖެހެނީ 1،000 ރުފިޔާއެވެ. މީގެއިން އަންލިމިޓެޑް ހައި ސްޕީޑް، ލޯ ލެޓެންސީ އިންޓަނެޓް ލިބޭނެއެވެ.
ޕްރައިއޯރެޓީ:މިއީ ވިޔަފާރިތަކާއި އޮފީސްތަކަށް ޚާއްޞަ ޕެކޭޖެކެވެ. މި ޚިދުމަތަށް ބޭނުންވާ ހާޑްވެއާ ލިބެނީ 40،568 ރުފިޔާއަށެވެ. ޚިދުމަތުގެ އަގު ކަނޑައަޅަނީ ނަަގައި ޑޭޓާ ޕެކޭޖުންނެވެ.
1 ޓެރެބައިޓް: މަހަކު 3،403 ރުފިޔާ
- 2 ޓެރެބައިޓް: މަހަކު 6،795 ރުފިޔާ
- 6 ޓެރެބައިޓް: މަހަކު 20،458 ރުފިޔާ
މޯބައިލް:މިއީ ދަތުރުވެރިންނަށް ޚާއްސަ ޕެކޭޖެކެވެ.
މި ޚިދުމަތަށް ބޭނުންވާ ހާޑްވެއާގެ އަގަކީ ވެސް 10،000 ރުފިޔާއެވެ.
މޯބައިލް - ރީޖަނަލް: މަހަކު 1،500 ރުފިޔާ
- މޯބައިލް - ގްލޯބަލް: މަހަކު 3،100 ރުފިޔާ
މޯބައިލް ޕްރައިއޯރެޓީ:މިއީ ކަނޑުމަައްޗާއި އެހެނިހެން އެމަޖެންސީ ރެސްޕޮންސް ހާލަތްތަކަށް އެންމެ ޚާއްޞަ ޕެކޭޖެވެ.
މި ޕެކޭޖުން މޯބައިލް ގްލޯބަލްގެ ހުރިހާ ޚިދުމަތެއް ލިބޭނެއެވެ. އަދި ދުއްވަމުން ވެސް ބޭނުންކުރެވޭނެއެވެ.
މީގެ އިތުރުން ނެޓްވޯކް ޕްރައިއޯރިޓީއާއި، ޕްރައިއޯރިޓީ ސަޕޯޓް ލިބޭނެއެވެ.
މި ޕެކޭޖުގައި މޯބައިލް ޑޭޓާ އަންލިމިޓެޑްކޮށް އެއްގަމުގައި ލިބޭނެއެވެ. އަދި 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑު ލިބޭނެއެވެ.
އިތުރު ޑޭޓާ ނެގުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
މޯބައިލް ޕްރައިއޯރިޓީ 50 ޖީބީ: 4،057 ރުފިޔާ
- މޯބައިލް ޕްރައިއޯރިޓީ 1 ޓެރެބައިޓް: 16،228 ރުފިޔާ
- މޯބައިލް ޕްރައިއޯރިޓީ 5 ޓެރެބައިޓް: 81،137 ރުފިޔާ

ސްޓާލިންކްގެ ބައެއް ޕެކޭޖުތައް
ސްޓާލިންކް ސެޓެލައިޓް ނުވަތަ ޓާމިނަލް ލިބުމުން އެ ހަރުކުރާނެ ގޮތުގެ އިރުޝާދު ވެސް ސްޓާލިންކުން ވަނީ ކިޔައިދީފައެވެ. އެ ގޮތުން އެ ހަރުކުރަން ޖެހެނީ އުޑުމަތި ފެންނަ، ވަށައިގެން ނުބެދި ހުންނަ ތަނެއްގައެވެ. އެގޮތުން ގޭގެ ފުރާޅު ނުވަތަ ޓެރަހުގައި ވެސް އެ ހަރުކުރެވޭނެއެވެ.
އެއަށްފަހު ކޭބަލް ގުޅައި، އެ ޓާމިނަލަށް ކަރަންޓު ދިނުމުން، އަމިއްލައަށް އެ ޑިޝް އެޖަސްޓުވުމަށްފަހު ޚިދުމަތް ލިބެން ފަށާނެއެވެ.
ސްޓާލިންކްގެ ޕެކޭޖުތައް މިހާރުވެބްސައިޓުންބަލައި ވެސް ލެވޭނެއެވެ.