10 Nov 2023, 16:11
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023ގެ ވަނަތަކަށް ދިޔަ މީހުންނާއި ކުދިންނަށް ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފުލާއެއްގައި އިނާމު ހަވާލުކޮށްފިއެވެ.
މިއަހަރުގެ އިވެންޓުގައި ވަނަތައް ހާސިލްކުރި 31 މީހަކަށް އެވޯޑް ހަވާލުކޮށްފައިވާއިރު އޭގެ ތެރޭގައި ހާފް މެރެތަން، 10ކޭ، 5ކޭ އޯޕަން އަދި ސްކޫލްތަކުގެ 13 އަހަރުން މައްޗާއި 13 އަހަރުން ދަށުގެ 5ކޭ ރޭހުގައި ބައިވެރިވި ކުދިން ހިމެނެއެވެ.
އޭގެ ތެރޭގައި ރާއްޖޭގެ 14 ދުވުންތެރިންނާއި ބައިނަލްއަގުވާމީ ފަސް ދުވުންތެރިންގެ އިތުރުން 12 ސްކޫލް ކުދިން ހިމެނެއެވެ.
މި ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ރޭހުގެ ވަނަތައް ހާސިލުކުރި ދުވުންތެރިންނަށް ހޫނު މަރުހަބާއެއް ވިދާޅުވެ، އެފަރާތްތަކުން ހޯދި ކާމިޔާބީގެ އަގުވަޒަންކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ބައިނަލްއަގުވާމީ ދުވުންތެރިންގެ ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތަކަށްވާއިރު، މިދުވުމުގައި ބައިވެރިވާ ކޮންމެ ދުވުންތެރިއެއްގެ ފިޔަވަޅަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ދިރާގުން ވަނީ ރޭގެ ހަފުލާގައި ޖުމްލަ 635,000 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެންޖީއޯތަކަށް ހަދިޔާކޮށްފައެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަކަށް ޖުމްލަ ދެ ލައްކަ ރުފިޔާގެ އެހީތެރިކަން އެކުންފުނިންވަނީ ފޯރުކޮށްދީފައެވެ.
ހަމައެއާއެކު ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ރީތި ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 12 އެންޖީއޯއާ ހަވާލުކޮށްފައެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރުވެސް 4000އަށް ވުރި ގިނަ ބައިވެރިން ރެޖިސްޓާ ކުރިއިރު 27 ގައުމެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އަދި 31 ސްކޫލެއްގެ ދަރިވަރުން ވެސް ބައިވެރިވިއިރު އޭގެ ތެރޭގައި އަތޮޅުތެރޭގެ ހަތް ސްކޫލެއް ވެސް ހިމެނެއެވެ.
މި ހަފުލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އޮކްޓޫބަރު 25ގައި ބާއްވާނެކަމަށް ވެސް އިއުލާނުކޮށްފައެވެ.
މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އިނާމު ލިބުނު ފަރާތްތަކަކީ:
ހާފް މެރެތަން – ފިރިހެން
• ކިރަން ސިންގް ބޮގާޓީ ރާޖްވަރް (ނޭޕާލް) - ޗެމްޕިއަން (އޯވަރޯލް)
• ޔޫސުފް އިބްރާހިމް - ޗެމްޕިއަން (ލޯކަލް) އަދި ރަނަރަޕް (އޯވަރޯލް)
• ޗާލްސް ކިޕްކޯރިރް ކިޕްސަންގް (ކެންޔާ) - 2 ވަނަ ރަނަރަޕް (ޖުމްލަ)
• ހުސައިން ފަޒީލް ހާރޫން - ރަނަރަޕް (ދިވެހި)
• ޝިފާޒް މުހައްމަދު - 2 ވަނަ ރަނަރަޕް (ދިވެހި)
ހާފް މެރެތަން – އަންހެން
• ޕެނީނާ ޖެޕްކޮއެޗް ކިގެން - ޗެމްޕިއަން (އޯވަރޯލް)
• ފުލްމަތީ ރަނާ - ރަނަރަޕް (ޖުމްލަ)
• މަރިޔަމް އަބްދުލްކަރީމް - ޗެމްޕިއަން (ލޯކަލް) އަދި 2 ވަނަ ރަނަރަޕް (އޯވަރޯލް)
• އައިޝަތު ރިޝްމީ - ރަނަރަޕް (ލޯކަލް)
• މަރިޔަމް މާޔަން މުހައްމަދު - 2 ވަނަ ރަނަރަޕް (ލޯކަލް)
10ކޭ – ފިރިހެން
• ޑޭވިޑް ކިޕްކޮޗް ބިރިރް (ކެންޔާ) - ޗެމްޕިއަން (އޯވަރޯލް)
• ހުސައިން ރިޒާ - ޗެމްޕިއަން (ލޯކަލް) އަދި ރަނަރަޕް (އޯވަރޯލް)
• މުހައްމަދު ފަވާޒް – ރަނަރަޕް (ލޯކަލް) އަދި 2 ވަނަ ރަނަރަޕް (އޯވަރޯލް)
• ރިޒާން ރަޝީދު - އޯވަރޯލް ސެކަންޑް ރަނަރަޕް
10ކޭ – އަންހެން
• ޝަލްޝަލް މުބީން ޖަލީލް - ޗެމްޕިއަން (އޯވަރޯލް)
• ރަސޯނާ އަހުމަދު ވަހީދު - ރަނަރަޕް (އޯވަރޯލް)
• އަނާން އަހުމަދު ރަޝީދު - 2 ވަނަ ރަނަރަޕް (އޯވަރޯލް)
5ކޭ އޯޕަން – ފިރިހެން
• ޑޭވިޑް ކިޕްކޮޗް ބިރިރް (ކެންޔާ) - ޗެމްޕިއަން (އޯވަރޯލް)
• ކިރަން ސިންގް ބޮގާޓީ ރާޖްވަރް (ނޭޕާލް) - ރަނަރަޕް (އޯވަރޯލް)
• ހުސައިން ފަޒީލް ހާރޫން – ޗެމްޕިއަން (ލޯކަލް) އަދި ރަނަރަޕް (އޯވަރޯލް)
• ހުސައިން ރިޒާ - ރަނަރަޕް (ލޯކަލް)
• ޔޫސުފް އިބްރާހިމް - 2 ވަނަ ރަނަރަޕް (ލޯކަލް
5ކޭ އޯޕަން – އަންހެން
• ޕެނީނާ ޖެޕްކޮއެޗް ކިގެން (ކެންޔާ) - ޗެމްޕިއަން (އޯވަރޯލް)
• ޕުލްމަތީ ރަނާ (ކެންޔާ) - ރަނަރަޕް (ޖުމްލަ)
• މަރިޔަމް އަބްދުލްކަރީމް - ޗެމްޕިއަން (ލޯކަލް) އަދި 2 ވަނަ ރަނަރަޕް (އޯވަރޯލް)
• ނިޒްމީނާ އަހުމަދު - ރަނަރަޕް (ދިވެހި)
• އާމިނަތު ޖައިޝާ ޖުނީޒް - ސެކަންޑް ރަނަރަޕް (ދިވެހި)
5ކޭ ސްކޫލް 13 އަހަރުން މަތީގެ - ފިރިހެން
• އަބްސަލް އަބްދުالله އާދަމް - މަޖީދިއްޔާ ސްކޫލް - އޯވަރޯލް ޗެމްޕިއަން
• ސުހައިލް އަބްދުލް ސަމަދު - އިރުޝާދިއްޔާ ސްކޫލް - ރަނަރަޕް
• މުހައްމަދު އަޔާން ޝަފީއު - މަޖީދިއްޔާ ސްކޫލް - ސެކަންޑް ރަނަރަޕް
5ކޭ ސްކޫލް 13 އަހަރުން މަތީގެ - އަންހެން
• އާމިނަތު ލުމާ އަސްލަމް - ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް - ޗެމްޕިއަން
• އައިޝަތު ބިންތު އަހުމަދު - އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް (ނެޓް ޓައިމް)
• ތާނަ އަލީ ޝާހީން - ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް (ގަން ޓައިމް)
5ކޭ ސްކޫލް 13 އަހަރުން ދަށުގެ - ފިރިހެން
• އިސްމާއިލް މުލްހަމް އާޒިމް - އިމާދުއްދީން ސްކޫލް - ޗެމްޕިއަން
• ޔުއާން އަޚްތަރު ޒާހިރު - ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް
• ޔަހްމަދު ބިން އަފްރާހު - ރެހެންދި ސްކޫލް - ސެކަންޑް ރަނަރަޕް
5ކޭ ސްކޫލް 13 އަހަރުން ދަށުގެ - އަންހެން
• މަރިޔަމް ޒައިން ޒިޔާއު - ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް - އޯވަރޯލް ޗެމްޕިއަން (ނެޓް ޓައިމް)
• ކްލާރާ ސަރީނާ އާސިފް - ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް - ޗެމްޕިއަން (ގަން ޓައިމް)
• އައިޝަތު މަލީކާ ޒަމީރު – އިސްކަންދަރު ސްކޫލް -ރަނަރަޕް