10 Nov 2023, 13:27
އަނެއްކާވެސް ޗެލްސީގެ ފޯވަޑް ރަހީމް ސްޓާލިން ނުހިމަނައި، އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑު އިއުލާންކޮށްފިއެވެ.
ޔޫރޯ 2024 އަށް އިނގިރޭސީން ކޮލިފައިވެފައިވީ ނަމަވެސް، ކޮލިފައިންގައި އިނގިރޭސީންނަށް އަދި ދެ މެޗު އެބައޮތެވެ. އެއީ މަލްޓާ އާއި ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. މަލްޓާއާ ދެކޮޅަށް މިމަހުގެ 17 ވަނަ ދުވަހު ނުކުންނަ އިރު، އިނގިރޭސީން ނޯތު މެސެޑޯނިއާއާ ދެކޮޅަށް ނުކުންނަން ޖެހޭނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
މަލްޓާ އާއި ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކޯޗު ގެރެތު ސައުތުގޭޓް ސްކޮޑު އިއުލާންކޮށްފައިވާ އިރު، އެ ސްކޮޑުން ވެސް ސްޓާލިންއަށް ފުރުސަތު ދީފައެއް ނުވެއެވެ. ސްޓާލިންއަކީ ބޮޑެތި މުބާރާތްތަކުގައި އިނގިރޭސި ޓީމުގައި އިސް ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.
މެންޗެސްޓާ ސިޓީން ގިނަ ފުރުސަތުތަކެއް ނުލިބޭ މިޑްފީލްޑަރު ކެލްވިން ފިލިޕްސްއަށް ސްކޮޑުން ޖާގަ ދީފައިވާ އިރު، ސައުދީ އަރަބިއާގެ އަލް އެތިފާގަށް ކުޅެމުންދާ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އަދި މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ހެރީ މެގުއާއަށް ވެސް ސައުތުގޭޓް ވަނީ ފުރުސަތު ދީފައެވެ. އޭގެ އިތުރުން ރަނގަޅު ފޯމެއްގައި ހުރި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް އާއި ބަޔާން މިއުނިކަށް ކުޅެމުންދާ އިނގިރޭސި ކެޕްޓަން ހެރީ ކޭންއަށް ވެސް ވަނީ ފުރުސަތު ދީފައެވެ.
އިނގިރޭސި ގައުމީ ސްކޮޑު:
- ގޯލްކީޕަރުން: ސޭމް ޖޯންސްޓޯން (ކްރިސްޓަލް ޕެލަސް)، ޖޯޑަން ޕިކްފޯޑް (އެވަޓަން)، އާރޮން ރަމްސްޑޭލް (އާސެނަލް)
- ޑިފެންޑަރުން: ލެވި ކޯލްވިލް (ޗެލްސީ)، ލެވިސް ޑަންކް (ބްރައިޓަން)، މާކް ގުއޭހީ (ކްރިސްޓަލް ޕެލަސް)، ހެރީ މެގުއާ (މެންޗެސްޓާ ޔުނައިޓެޑް)، ފިކާޔޯ ޓޮމޯރީ (އޭސީ މިލާން)، ކިއެރަން ޓްރިޕިއާ (ނިއުކާސަލް ޔުނައިޓެޑް)، ކައިލް ވޯކާ (މެންޗެސްޓާ ސިޓީ)
- މިޑްފީލްޑަރުން: ޓްރެންޓް އެލެކްސެންޑާ އާނޯލްޑް (ލިވަޕޫލް)، ޖޫޑް ބެލިންހަމް (ރެއާލް މެޑްރިޑް)، ކޮނޯ ގަލެގާ (ޗެލްސީ)، ޖޯޑަން ހެންޑަސަން (އަލް އެތިފާގް)، ކެލްވިން ފިލިޕްސް (މެންޗެސްޓާ ސިޓީ)، ޑެކްލެން ރައިސް (އާސެނަލް)
- ފޯވަޑުން: ޖެރޮޑް ބޮވެން (ވެސްޓް ހާމް ޔުނައިޓެޑް)، ފިލް ފޮޑެން (މެންޗެސްޓާ ސިޓީ)، ޖެކް ގްރީލިޝް (މެންޗެސްޓާ ސިޓީ)، ހެރީ ކޭން (ބަޔާން މިއުނިކް)، ޖޭމްސް މެޑިސަން (ޓޮޓެންހަމް ހޮޓްސްޕާ)، މާކަސް ރަޝްފޯޑް (މެންޗެސްޓާ ޔުނައިޓެޑް)، ބުކަޔޯ ސަކާ (އާސެނަލް)، އޮލީ ވަޓްކިންސް (އެސްޓަން ވިލާ)، ކަލަމް ވިލްސަން (ނިއުކާސަލް ޔުނައިޓެޑް)