19 May 2012, 13:55
ގދ. ގައްދޫއަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ގައްދޫއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެއިން އެރަށަށް ދިޔަ ބޯޓެއް ބަލާފާސްކުރި އިރު އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް އަޅާފައި ހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ފޮށިގަނޑުގެ ވެރިފަރާތަކީ ކާކުކަން ނޭނގުނު ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ އެކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.