މާފަންނު ފަޅު ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ މ. ތްރީބާޑްގެ ތިން ވަނަ ބުރިން ރޭ ދަންވަރު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައި ވަނީ ދެ މީހަކު ކަމަށެވެ.

"ރޭ ދަންވަރު މ. ތްރީބާޑްގެ ތިން ވަނަ ބުރިން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ ދެމީހަކު،" ހަނީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރާއި އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ.