މިހާރު ފަށައިގެން ކުރިއަށް ގެންދާ ހޮންޑާގެ "އަންތަރީސް ސަތިރީސް" ޕްރޮމޯޝަނާއެކު، އާންމުންނަށް އެ ކުންފުނިން އިންސްޓޯލްމަންޓުގެ ފުރުސަތު ތަކެއް ހުޅުވައިލައިފިއެވެ.

ހޮންޑާ މޯލްޑިވްސްއިން ބުނީ މިފަހަރު އެ ކުންފުނިން ހުޅުވާލި މި އިންސްޓާލްމަންޓް އޮފާގެ އެންމެ ހާއްސަ ކަމަކީ ސައިކަލުތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮވުން ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ ހޮންޑާ ބްރޭންޑުގެ އެކި ވައްތަރުގެ ސައިކަލް މި އޮފާގައި އާންމުންނަށް އިންސްޓޯލްމަންޓަށް ދޫކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ..

  • ވޭވް 125 އައި

  • ލީޑް 125
  • ސްކުޕީ - ކްލަބް12 (2023)
  • ސްކޫޕީ- ޕްރެސްޓީޖް (2023)
  • އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން
  • އެއާބްލޭޑް 125 - ބްލެކް އެޑިޝަން
  • އެއާ ބްލޭޑް 160 - ސްތޭންޑާޑް އެޑިޝަން
  • އެއާ ބްލޭޑް 160 - ސްޕެޝަލް އެޑިޝަން
  • ވިނާ އެކްސް - (2021) (2023)
  • އޭޑީވީ 160
  • ވިޝަން 110

މި އިންސްޓޯލްމަންޓް ޕްލޭން ފަސޭހަކަމާއެކު ހޮންޑާ މޯލްޑިވްސްގެވެބްސައިޓުންކަލްކިއުލޭޓް ކުރެވޭނެއެވެ.

އެގޮތުން އެ ވެބްސައިޓަށް ވަދެ ބޭނުންވާ ސައިކަލެއް އިޚްތިޔާރު ކުރުމަށް ފަހު ޑައުންޕޭމަންޓަށް ފައިސާ ދައްކާނެ އަދަދާއި ފައިސާ ދައްކާ އެއްކޮށް ޚަލާސް ކުރަން ބޭނުންވާ މުއްދަތު އިޚްތިޔާރު ކުރުމުން މަހުން މަހަށް އެ މީހަކު ދައްކަންޖެހޭ ވަރު އެ ވެބްސައިޓުން ފެންނާނެއެވެ.

މަހުން މަހަށް ދައްކަންޖެހޭ އަަދަދުގެ އިތުރުން އިންސްޓާލްމަންޓަށް ޗާޖު ކުރާ ޕަސެންޓާއި، މުޅި އިންސްޓޯލްމަންޓަށް ޖުމްލަ ޚަރަދު ކުރަން ޖެހޭ އަދަދުވެސް އެ ވެބްސައިޓުން ފެންނަން ހުރެއެވެ.