ފިހާރައަކަށް ވަދެ އެ ފިހާރައިގެ ކައުންޓަރުގައި ހުރި މީހާގެ ކަރުގައި ވަޅި އެޅި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ބަންދުން ކޮށްލައިފިއެވެ.

ފިހާރައިގެ ސޭޓްގެ ކަރުގައި ވަޅި އެޅި ވީޑިއޯއެއްވެސް ލީކް ވެފައި ވަނިކޮށް އެ އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ، އެ މައްސަލައިގައި ހައްޔަރު ކުރި މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ މި މަހުގެ ހަތް ވަނަ ދުވަހު ދޫކޮށްލައިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހަމަލާގައި ޒަހަމްވި ސޭޓަށް އޭޑީކޭއިން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. އޭނާގެ ހާލު ރަނގަޅެވެ.