19 May 2012, 12:38
ތެލަސީމިޔާ ކުދިނަށް އެހީވުމުގެ ގޮތުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުން މިއަދު ފަށައިފި އެވެ.
"ގާލްގައިޑުނަކީ މީހުނަށް އެހީތެރިވެދިނިމުގެ ގޮތުން ވަރަށް ގިނަ ޕްރޮގްރާމުތަކެއް ހިންގަވަމުން ގެންދަވާ އެސޯސިއޭޝަންއެއް އެގޮތުން މި ޕްރޮގުރާމަކީ ތެލްސީމިއާ ކުދިންނަށް އެހީ ވުމުގެ ގޮތުން ކުރިއަށް ގެންދާ ޕުރޮގުރާމެއް" ގާލްގައިޑް އެސޯސިއޭޝަންގެ ކޮމިޝަނާ އޮފް ޕަބްލިކް ރިލޭޝަން ދިމްނާ ފާކިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ހެދުނު 9:00 ން މިއަދު އިރުއޮއްސި 6:00 ޖަހަންދެން މާލޭ ސިޓީ ކައުންސިލްގެ ސިޓީ ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޭ ހަދިޔާ ކުރުމުގެ މި ޕްރޮގްރާމްގައި އާންމު ފަރާތްތަކަށް ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އާންމުންގެ ގާތުން އެދެން ބޭނުން އެދުމަކީ ތެލްސީމިއާ ކުދިނަށް އެހީ ވުމުގެ ގޮތުން ލޭ ހަދިޔާ ކުރުމުގައި އަޅުގަނޑުމެނާއި އެކު ބައިވެރިވެލައްވާށޭ" ދިމްނާ ވިދާޅުވި އެވެ.
މިޕްރޮގުރާމަކީ ކޮންމެ އަހަރަކުވެސް ތެލްސީމިއާ ކުދިނަށް އެހީތެރިވުމުގެ ގޮތުން ގާލްގައިޑުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.