09 Nov 2023, 11:27
ޤައުމީ ޔުނިވާސިޓީން "ފަހި ފުރުސަތު"ގެ ނަމުގައި ކުރިއަށް ގެންދާ ޖޮބް ފެސްޓިވަލް ހުޅުވައިލައިފިއެވެ.
މި އިވެންޓު ކުރިއަށް ދަނީ އިއްޔެއާއި މިއަދެވެ. މިއަދު ހަވީރު 04:00ން ރޭގަނޑު 10:00 އަށް ވެސް ޤައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި މި ފެސްޓިވަލް އޮންނާނެއެވެ.
މި ފެސްޓިވަލުގައި 26 ފަރާތަކުން ބައިވެރިވެފައިވެއެވެ. އިއްޔެ އެ ފެސްޓިވަލް ހުޅުވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.
މި ފެސްޓިވަލްގައި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީ މިހާތަނަށް ޒުވާނުންނަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ފޯރުކޮށްދޭނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

ސިނާއީ ފުރުޞަތުތަކަށް ހުނަރުވެރިން ބިނާކުރުމާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވާސިޓީގެ ތެރެއިން ފަހިކޮށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަކީ މި ފެސްޓިވަލް ބޭއްވުމުގެ މަގުސަދު ކަމަށް އެމްއެންޔޫން ބުނެއެވެ.
މިއީ ކިޔަވައިގެން ނިކުންނަ ދަރިވަރުންނަށް، ރާއްޖެއިން ލިބެން ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭގޮތުން އެއް ތާކުން މަޢުލޫމާތު ދިނުމުގެ ގޮތުން މި އަހަރު ބާއްވާ ދެވަނަ ފެސްޓިވަލެވެ.