10 Nov 2023, 10:56
ދުނިޔޭގެ އެންމެ އަގުބޮޑު ހޮޓެލް ސުއިޓްގެ އެތެރެ ބަލާލަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ދުބާއީގެ އެޓްލާންޓިސް ދަ ރޯޔަލް ހޮޓެލްގައި ހުންނަ މިސުއިޓްގެ އަގަކީ ރެއަކަށް 100،000 އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިން ނަމަ 1.5 މިލިޔަނެވެ.
"ދަ ރޯޔަލް މޭންޝަން"ގެ ނަން ދީފައިވާ ދެބުރީގެ މިއިމާރާތުގައި، ހަތަރު ކޮޓަރިއާއި، ހަތަރު ފާޚާނާއާއި، ބޮޑު ޑައިނިން ރޫމަކާއި، އިންޑޯ އަދި އައުޓް ޑޯ ކިޗަންއާއި، ސްވިމިން ޕޫލަކާއި، ޕްރައިވެޓް ޓެރަސްއެއް ހުރެއެވެ. އަދި އޮފީސް ބަޔަކާއި، ލައިބްރަރީއަކާއި، މޫވީ ތިއޭޓަރަކާއި، ކޮންފަރެންސް ރޫމެއްވެސް ހިމެނެއެވެ.

އެޓްލާންޓިސްގެ އެންމެ އަގު ބޮޑު ސުއިޓްގެ އެތެރެ --
މި އިމާރާތަށް ވަންނަން ހަދާފައިވާ ޕްރައިވެޓް އެންޓްރަންސްއަކީ، ހައިރާންކުރުވާހާ ރީތިކޮށް ހަދާފައިވާ އެންޓްރަންސްއެކެވެ. ސޯޝަލް މީޑިއާގައި ކޮންޓެންޓް ކްރިއޭޓް ކުރާ ފަރާތެއް ކަމަށްވާ އަލަންނާ ޕާންޑޭ އޭނާގެ އިންސްޓަގްރާމްގައި، މިރީތި ލަގްޒަރީ އިމާރާތުގެ ވީޑިއޯ ވަނީ ހިއްސާކޮށްފައެވެ.
View this post on Instagram
ދުބާއީގެ އެޓްލާންޓިސް ދަ ރޯޔަލް ހޮޓެލް ހުޅުވީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މިހޮޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ލަވަ ހުށަހަޅާދީފައިވެއެވެ. އަދި މަޝްހޫރު މޮޑެލް ކެންޑަލް ޖެނާވެސް މިހަފުލާގައި ބައިވެރިވެފައިވެއެވެ.