މާލޭގެ އިންފްލޭޝަން ރޭޓް، ނުވަތަ ތަކެތީގެ އަގުތައް ބޮޑުވި މިންވަރު އަހަރު ދުވަހުގެ ތެރޭގައި 15.05 ޕަސެންޓަށް އުފުލިއްޖެ އެވެ.

ނޭޝަނަލް ޕްލޭނިން (ޑީއެންޕީ) އިން އާންމުކޮށްފައިވާ، އިންފްލޭޝަންގެ މިންގަޑު ވަޒަންކުރާ، ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)ގެ މިދިޔަ މަހުގެ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާކިޔާ އިރު ފާއިތުވި އޭޕްރީލް މަހު އިންފްލޭޝަން ރޭޓް 14.98 ޕަސެންޓް ވަނީ އުފުލިފަ އެވެ. މަހުގެ އަގުތަކަށް އައި ބަދަލު ނުބަލައި މިއަދަދު ވަނީ 11.63 ޕަސެންޓް މަތިވެފަ އެވެ.

ޑީއެންއެފުން މިއަދު އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން އަހަރު ދުވަހުގެ ތެރޭގައި އަގުތައް އެންމެ މައްޗަށް ގޮސްފައިވާ ތަކެތީގެ ތެރެއިން ދުންފަތުގެ ބާއްވަތްތަކުގެ ތެރެއިން 84 ޕަސެންޓް އިންފްލޭޝަން ރޭޓް ވަނީ މައްޗަށް ގޮސްފަ އެވެ. މަހުގެ ބައިގެ އިންފްލޭޝަން 58 ޕަސެންޓް މައްޗަށް ގޮސް ފައިވާއިރު ހޮޓަލާއި ކެފޭ ރެސްޓޯރެންޓް ތަކުގެ އިންފްލޭޝަން ވަނީ 32 ޕަސެންޓް މައްޗަށް ގޮސްފައެވެ.

އެ ރިޕޯޓުން ދައްކާގޮތުގައި ދަތުރުފަތުރުގެ އިންފްލޭޝަން ވަނީ 25 ޕަސެންޓް މައްޗަށްގޮސްފަ އެވެ. އަދި ގޭގެ ކުއްޔާއި ގެދޮރު މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ބައިގެ އިންފްލޭޝަން ވަނީ 15 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ.

މިއަހަރުގެ އޭޕްރީލް މަހު މާލޭގެ ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 0.61- ޕަސެންޓްގައި ހުރި އިރު މަހުގެ އަގުތަކަށް އަގުތަކަށް އައިސްފައިވާ ބަދަލު ނުލައި މިޕަސެންޓް ހުރީ 0.44- ގައެވެ.

ސީޕީއައި ރިޕޯޓުން ދައްކާ ގޮތުގައި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އިންފްލޭޝަން ރޭޓް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ދުންފަތުގެ ބަޔާއި މަހުގެ ބަޔާއި ދަތުރުފަތުރު ކުރުމުގެ ބަޔާއި ހޮޓާކެފޭތަކުގެ ބަޔާއި ގެދޮރު މަރާމާތު ކުރުމުގެ ބައިހިމެނެ އެވެ. މިގޮތުން އަގުތަށް މައްޗަށް ގޮސްފައިވާ ބާވަތްތަކުގެތެރޭގައި ހިކި މިރުހާއި މައިލޯދަޅާއި ކޮކާކޯލާ ފިނިކުރި ކުކުޅާއި އަލަނާސި ދަޅުގެ އަގުވަނީ އުފުލިފަ އެވެ. އަދި ފުވަކުގެ އަގުވެސް ވަނީ މަތިވެފައެވެ. މީގެ އިތުރުން ދަތުރު ފަތުރު ކުރުމުގެ ބައިން އިންޓަނޭޝަނަލް ޓިކެޓް ވަނީ މަތިވެފަ އެވެ. ގެދޮރު އިމާރާތް ކުރުމުގެ ބައިން އެންމެ ބޮޑުވެފައިވަނީ ސިމެންތީގެ އަގެވެ.