ވޮޝިންޓަން (08 ނޮވެންބަރު 2023) : އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ މަގްބޫލުކަން އާންމުންގެ މެދުގައި މިހާތަނަށް ދަށަށް ނުދާވާވަރަށް ދަށަށް ގޮސްފިކަން އެންމެފަހުން ކުރި ޚިޔާލު ހޯދުމުގެ ސާވޭއިން ހާމަވެއްޖެއެވެ.

"އިޕްސޮސް ރީސާޗް" އާއި "ރޮއިޓާސް" ގުޅިގެން ކުރި ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ މަގްބޫލުކަން އާންމުންގެ މެދުގައިވަނީ 39 އިންސައްތައަށް ދަށަށް ގޮސްފައެވެ. އެމެރިކާގެ ރައީސަކު ވެރިކަމުގައި ހުންނަވަނިކޮށް އަދި އިންތިޚާބަކާ ގާތްވެފައިވަނިކޮށް މިހާބޮޑަށް މަގޫލުކަން ދަށަށްދިޔުމަކީ "ނިޔުޔޯކް ޓައިމްސް" ބުނާގޮތުން ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓެއްގެ ނަތީޖާ ދައްކާފައިވާގޮތުގައި ބައިޑެންގެ މަގްބޫލުކަން އެ ދުވަސްވަރު ހުރީ 42 އިންސައްތައިގައެވެ. މިހާރު އެމެރިކާގެ 39 އިންސައްތަ މީހުން ދެކޭގޮތުގައި ބައިޑެންއަކީ އެމެރިކާގެ ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވޭވަރުގެ ގާބިލްކަން ހުރިބޭފުޅެއް ނޫނެވެ.

"ނިޔުޔޯކް ޓައިމްސް" ބުނާގޮތުން އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް އެމެރިކާ ފުލްކޮށް ސަޕޯޓްކޮށްގެން އެމެރިކާގެ އާންމުންގެ މެދުގައި މަގްބޫލުކަން އިތުރުވުމުގެ ބަދަލުގައި އެކަމުގެ ސަބަބުން ބައިޑެންގެ މަގްބޫލުކަން ދިޔައީ ދަށަށެވެ.

އެހެން ސާވޭއަކާ ހަވާލާދީ "ނިޔުޔޯކް ޓައިމްސް" ބުނާގޮތުން އިސްރާއީލުގެ އަނިޔާވެރިކަމާއި ގަތުލުއާންމުތަކަށް ތާއީދުކޮށް އެކަމަށް އެހީތެރިވުމުގެ ސަބަބުން އެމެރިކާގެ ލެބެރަލް ފިކުރުގެ ޒުވާނުންނާއި މުސްލިމުންނާއި އެހެން ނަސްލުތަކުގެ މީހުންނާ އަދި ބައިޑެންގެ އަމިއްލަ ޕާޓީކަމަށްވާ ޑިމިކްރެޓިކް ޕާޓީގެ ބައެއް މީހުންގެ ތާއީދު ބައިޑެންއަށް ވަނީ ގެއްލިގެން ގޮސްފައެވެ.

މީޑިއާ ރިޕޯޓްތަކުން ހާމަވެފައިވާގޮތުގައި ޣައްޒާގެ ހަނގުރާމަ ފެށުނުފަހުން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ އަދި އެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބައިޑެންގެ މަގްބޫލުކަން ވަނީ ހަތަރު އިންސައްތައަށް ދަށަށް ގޮސްފައެވެ.

ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމަށް ތާއީދުކުރާ އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ އާންމުންގެ މެދުގައި ބައިޑެންގެ މަގްބޫލުކަން ޣައްޒާގެ ހަނގުރާމައާ ގުޅިގެން ދަށަކަށް ނުދެއެވެ. ހުރީ ހަމަ ކުރިންވެސް ހުރި ވަރުގައެވެ. އެމެރިކާގެ ރައީސެއްގެ މަގްބޫލުކަމާ ގުޅިފައިވަނީ އާންމުގޮތެއްގައި ހަތަރު ކަމެކެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ އިގްތިސާދީ ހާލަތެވެ. މީގައި ހިމެނެނީ ވަޒީފާއާއި ތަކެތީގެ އަގު ފަދަ ކަންކަމެވެ. ދެވަނަ ކަމަކީ އެމެރިކާގެ މުޖްތަމައުގެ ރައްކާތެރިކަމެވެ. ޖަރީމާގެ ޕަސެންޓް މަތިވުމާއި ދަށްވުމެވެ.

ތިންވަނަ ކަމަކީ ތިމާވެށީގެ މައްސަލަތަކެވެ. ހަތަރުވަނަ ކަމަކީ ޚާރިޖީ ގުޅުންތަކެވެ. އެމެރިކާގެ މަޝްހޫރު ކޮލަމިސްޓުންނާއި މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާގެ މިހާރުގެ ޒުވާންޖީލުގެ ތާއީދު ކުރީގެ މުސްކުޅި ޖީލުތަކާ އަޅާބަލާއިރު އިސްރާއީލަށް ވަރަށް ބޮޑަށް ކުޑައެވެ.

އެމެރިކާގައި ބާރުގަދަކޮށް އެމެރިކާގައި ވަކި ހިއްޕާލާފައި އޮންނަ ޔަހޫދީ ޒަޔަނިސްޓް ލޮބީއާއި ޔަހޫދީ މަހުޖަނުންގެ ކޮންޓްރޯލް، އެމެރިކާގެ އެންމެ ޒުވާން ޖީލަށް މުސްކުޅި ޖީލަށްވުރެ، ނިސްބަތުން ކުޑައެވެ. ނަމަވެސް ޒަޔަނިސްޓް ލޮބީގެ އަތްގަދަކުރުމުން އެމެރިކާ އާއި އެެމެރިކާގެ ރައްޔިތުން ސަލާމަތްވާން އަދި ދިގުމުއްދަތެއް ނަގާނެއެވެ.

އާންމުގޮތެއްގައި އެމެރިކާގައި އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކަށް ތާއީދުކުރުމަކީ އެމެރިކާގެ ސިޔާސީ ފަރާތްތަކަށް ސިޔާސީ ގޮތުން ތާއީދު އިތުރުވާކަމެކެވެ. ސަބަބަކީ އެމެރިކާގެ ސިޔާސީ ބޭފުޅުންގެ ކެމްޕޭންތަކަށް އެންމެ ބޮޑަށް ޚަރަދުކުރަނީ ޔަހޫދީ ޒަޔަނިސްޓް މަހުޖަނުންނާއި ޔަހޫދީ ކުންފުނިތަކުން ކަމަށްވާތީއެވެ.

އެމެރިކާގެ އިގްތިސާދުގެ ބޮޑުބައި ކޮންޓްރޯލް ކުރަނީ ޔަހޫދީ ޒަޔަނިސްޓް ކުންފުނިތަކާއި ޒަޔަނިސްޓް މަހުޖަނުންނެވެ. އިސްރާއީލުގެ އަނިޔާވެރިކަމަށް ތާޢީދުކުރުމުން އާންމުންގެ މަގްބޫލުކަން ދަށަށްދާކަން ހާމަވާނަމަ އެމެރިކާގެ ސިޔާސީ ފަރާތްތައް އިސްރާއީލަށް ތާއީދުކުރަން ފަސްޖެހޭނެއެވެ. ނަމަވެސް އަދި މިބަދަލުއައުމަށް ދިގު މުއްދަތެއް ނަގާނެއެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެމެރިކާގައި ކުރާ އެތައް މިލިޔަން ބައެއްގެ މުޒާހަރާތަކުގެ ބޮޑުބަޔަކީ ޒުވާނުންނެވެ. އެހެންކަމުން ބައިޑެންގެ މަގްބޫލުކަން 42 އިންސައްތައިން 39 އިންސައްތައަށް ދިޔުމުގެ މައިގަނޑު ސަބަބަކީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް އޭނާ ދޭ ހިތްވަރާއި އެކަމުގައި ބައިޑެން ބައިވެރިވާ ބައިވެރިވުންކަމަށް ވުން އެކަށީގެންވާކަމަށް ކޮލަމިސްޓުންނާއި މުހައްލިލުން ގެ ލިޔުއްވުންތަކުން ހާމަވެއެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި ގަތުލުއާންމުތަކަށް އެމެރިކާ ތާއީދުކޮށް ހިތްވަރުދޭތީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ގިނަ ބަޔަކުވަރަށް ބޮޑަށް ރުޅިއައިސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތެރޭގައި ނުތަނަވަސްކަން ވަރަށް ބޮޑުކަން އެމެރިކާގެ ޚާރިޖީ ވަޒީރު ވެސް ވަނީ ހާމަކުރައްވާފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސް ބޭފުޅަކު މި މައްސަލާގައި ވަނީ އިސްތިއުފާ ވެސް ދެއްވާފައެވެ.

ބައިޑެން އާ އަޅާބަލާއިރު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގްބޫލުކަން އުޅެނީ ގާތްގަނޑަކަށް 50 އިންސައްތައިގައެވެ. ފާއިތުވި ހަތަރު މަސް ތެރޭގައި މި ނިސްބަތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ބައިޑެންގެ މަގްބޫލުކަން ދަށަށްދާ ސަބަބުތަކުގެ ތެރޭގައި އޭނާގެ މުސްކުޅިކަމާއި މުސްކުޅިވުމުގެ ސަބަބުން ބައެއް ފަހަރު ވާނުވާ ނޭންގި ގޯސްތައް ހެދޭ މައްސަލަވެސް ހިމެނޭކަމަށް ވަނީ ބެލެވިފައެވެ.