07 Nov 2023, 18:41
މި މަހު 30 ގެ ކުރިން ދިރާގުގެ 'ވިން އަ ޓެސްލާ ޕްރޮމޯޝަން'ގައި ބައިވެރިވެގެން، ކާރު ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވޭނެ ކަމަށް ދިރާގުން މިއަދު ބުނެފިއެވެ.
ދިރާގުން ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، ލޯންޗުކުރި މުޅިން އާ ޕްރޮމޯޝަނަކާ އެކު ދިރާގު ކަސްޓަމަރުންނަށް ޒަމާނީ ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ދިރާގުން ދޭ ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލުމުގެ ފުރުސަތު --
މި ޕްރޮމޯޝަން ހުޅުވައިލެވިފައިވަނީ ދިރާގު ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30އެމްއިން މަތީގެ ޕެކޭޖުތަކަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31ގެ ކުރިން ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަރުތު ފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ލުމުގެ ފުރުސަތު މިހާރު ހުޅުވައިލެވިފައިވާ ކަމަށެވެ. އަދި، މި މަހުގެ 30ގެ ކުރިން ބައިވެރިވާ ކޮންމެ ނަންބަރެއް ދެގުނަ ކުރެވިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުގެ ހާއްސަޕޯޓަލްބޭނުން ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
އެ ކުންފުނިން އަންނަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް މަގުފަހި ކޮށްދެމުންނެވެ.