ރާއްޖޭގެ އިކޮނޮމިކް ޒޯންގެ ތެރޭގައި ގަވާއިދާ ޙިލާފަށް މަސްވެރިކަން ކުރުމުން ހައްޔަރުކުރި އިންޑިޔާގެ ތަމިލް ނާޑޫގެ މަސްވެރިން ދޫކޮށްލުމަށް އެ ސިޓީގެ ސްޓޭޓް މިނިސްޓަރު އެމްކޭ ސްޓާލިން ގޮވާލައިފިއެވެ.

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް މި މަސްވެރި އުޅަނދު އެމްއެންޑީއެފް ކޯސްޓްގާޑުން ހިފެހެއްޓޭ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ތަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ބުނީ މި ދޯނި ހިފަހައްޓާފައިވަނީ އެ މީހުން ގަވާއިދާ އެއްގޮތަށް މަސްވެރިކަން ކުރަނިކޮށް، ރާއްޖޭގެ މެރިޓައިމް ޒޯނަށް ވަދެފައިވާ ކަމަށް ބުނެ ކަމަށެވެ.

އޭނާ ވަނީ މި މީހުން ދޫކޮއްލުމަށް އެދި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ސިޓީއެއްް ވެސް ފޮނުވައިފައެވެ.

ސިޓީގައި އޭނާ ވިދާޅުވެފައިވަނީ އެ ގައުމުގެ މަސްވެރި އުޅަނދު 42،00،000 ރުފިޔާއިން ޖޫރިމަނާކޮށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަންގާފައި ވަނީ ނޯޓިސް ލިބުނުތާ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ކަމަށެވެ. އަދި ޖޫރިމަނާ ނުދައްކާނަމަ ދިވެހި ފުލުހުން އެ މަސްވެރިން ހިފަހައްޓާނެކަން އަންގާފައިވާ ކަމަށް ވެސް އޭނާގެ ސިޓީގައިވެއެވެ.

އޭނާގެ ސިޓީގައި އެދިފައިވަނީ މަސްވެރިން މިނިވަން ކޮށްދިނުމަށާއި ކޮށްފައިވާ ޖޫރިމަނާ މާފު ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށެވެ.