ސޮކާ ވެޓެރަންސް އެސޯސިއޭޝަނުން ބޭއްވި މައިލޯ އެކަޑަމީ މުބާރާތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން ކާމިޔާބުކޮށްފިއެވެ.

އެ މުބާރާތް ކާމިޔާބުކުރި ސަސްއިން ފައިނަލަށް ދަތުރުކޮށްފައިވަނީ އެކަޑަމީ ލެވެލްގައި ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާ ކްލަބު ވެލެންސިއާ ބަލިކުރުމަށް ފަހުއެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލު މެޗުގައި ސަސްއިން ނުކުތީ ބީޖީ ސްޕޯޓްސްއާ ދެކޮޅަށެވެ. އެ މެޗުގައި ބީޖީގެ މައްޗަށް ސަސްއިން ކުރި ހޯދާފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ.

ސާދަ އަހަރުންދަށަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މައިލޯ އެކަޑަމީ މުބާރާތުގައި 16 އެކަޑަމީއަކުން ވާދަކުރިއެވެ. އެ މުބާރާތް ކުރިއަށްގެންދިޔައީ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް ސޮކާ ވެޓެރަންސްއިން ވަނީ މި އަހަރު ވެސް އެކި އުމުރުފުރާތަކުގެ އެކަޑަމީތަކަށް ހާއްސަކޮށްގެން ފުޓުބޯޅަ މުބާރާތްތައް ކުރިއަށްގެންގޮސްފައެވެ.