05 Nov 2023, 15:43
"ޑާކްރެއިން" އިން ތައްޔާރުކޮށްފައިވާ ޑްރާމާ އަދި ރޮމޭންސް ފިލްމު "ނޮވެމްބަރ"ގެ ޓިކެޓު ދޫކުރަން ފަށައިފިއެވެ.
ސިންގަޕޫރުގައި ކުޅެފައިވާ މި ފިލްމަކީ މަރިޔަމް މަޖުދާ އާއި މުހައްމަދު ޖުމައްޔިލު ނިމާލް ލީޑުން ފެނިގެންދާ ފިލްމެކެވެ.
ޑާކްރެއިން އިން ބޮޑު މާކެޓެއް ކޮށްގެން ނެރެން އުޅޭ ފިލްމު ނޮވެމްބަރުގެ ޓިކެޓު މިހާރު ދޫކުރަން ފަށާފައިވާއިރު މި ފިލްމުގެ ޓިކެޓު ގޭގައި ތިބެގެން ވެސް ގަނެލެވޭނެއެވެ.
ޑާކްރެއިން އިން ހާމަކުރާ ގޮތުގައި 9911229 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެސެޖު ކޮށްލައިގެން ޓިކެޓު ގަނެލެވޭނެއެވެ. އެއާއެކު ޓިކެޓް ގަންނަން ގެއިން ބޭރަށް ދާކަށް ނުޖެހޭނެއެވެ. ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓް 200 ރުފިޔާ އަށް ދޫކުރާއިރު އެހެން ޝޯތަކަށް ޓިކެޓް ދޫކުރާނީ 150 ރުފިޔާ އަށެވެ.
ސިންގަޕޫރުގައި ކުޅެފައިވާ ފިލްމު "ނޮވެމްބަރު" އަކީ ޑާކްރެއިން އެންޓަޓެއިންމެންޓުން މިއަހަރު އެންމެ ފޯރިއާއެކު ނެރުމަށް ހަމަޖެހިފައިވާ އެއް ފިލްމެވެ.
ނޮވެމްބަރު ފިލްމު ރިލީޒް ކުރުމަށް ކައިރިވަމުން އަންނައިރު ފިލްމުގެ ސައުންޑްޓްރެކުން ބައެއް ލަވަތައް ވަނީ ރިލީޒްކޮށްފައެވެ.
މަޖުދާ އާއި ޖުމައްޔިލްގެ އިތުރުން ފިލްމުގެ އިތުރު ރޯލުތަކުން ފެންނާނީ އާއިޝަތު ޔާދާ އާއި އައިޝަތު ޢަލީ އާއި އިސްމާއީލް ވަޖީޙްއެވެ.
ކޮވިޑަށް ފަހު 2021 ވަނަ އަހަރު ފުރަތަމަ ދެއްކުމަށް ތާވަލުކުރި މި ފިލްމު ވަނީ އެކި ސަބަބުތަކާ ގުޅިގެން ޑިލޭ ވެފައެވެ. ނަމަވެސް އެންމެފަހުން މިހާރު ރެޑީ ވަނީ އަންނަ ޑިސެމްބަރު މަހުގައި ފިލްމު ދައްކާށެވެ. ޑާކްރެއިން އިން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ހަތަރަކުންް ފެށިގެންނެވެ.