ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ބޭނުންވާ ތަކެތި، އުރީދޫގެ މޫލީ މެދުވެރިކޮށް ޕެޓްސް އެންޑް ސްޓަފް ފިހާރައިން އޯޑަރު ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ގެންގޮސްދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޕެޓްސް އެންޑް ސްޓަފްއިން، ގޭގައި ގެންގުޅޭ ޖަނަވާރުތަކަށް ބޭނުންވާ ކާނާއާއި ކުޅޭ އެއްޗެއްސާއި ބޭހާއި ސާފުކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު ލިބެން ހުންނާނެވެ.

އެ ފިހާރައިން މޫލީ މެދުވެރިކޮށް އޯޑަރު ކުރާ ތަކެތި ޑެލިވާ ކޮށްދޭނީ ހިލޭ ކަމަށް އުރީދޫއިން ފާހަގަކުރެއެވެ.

''ޕެޓްސް އެންޑް ސްޓަފްގެ މައިގަނޑު މަގުސަދަކީ ޕެޓްގެ ގޮތުގައި ގޭގައި ޖަނަވާރު ގެންގުޅުއްވާ ފަރާތްތަކަށް، ދުޅަހެޔޮކޮށް ގެންގުޅުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ފޯރުކޮށްދިނުން،" އުރީދޫގެ ބަޔާނުގައިވެއެވެ.

މޫލީގެ "ޕެޓްސް އެންޑް ސްޓަފް"އިން ލިބެން ހުރި އަގުހެޔޮ ބައެއް އުފެއްދުންތައް:

  • ނިއުޓްރިޝަލް ޕެޓް ފުޑް: ދުޅަހެޔޮ ސިއްހަތެއްގައި ޕެޓް ގެންގުޅުމަށް ހަކަތަ ލިބޭ ރަނގަޅު ކާނާގެ އެކި ބާވަތްތައް

  • މުނިފޫހިފިލުވުމަށް ކުޅޭ ތަކެތި: ޒަމްޕާ މަޓަޓަބީ ވޭލް، ޒަމްޕާ މިސްޓަ މަޓާޓަބީ ޓޯއީ، ޒަމްޕާ މިނީ ފިޝް ފަދަ ޕެޓަށް ބޭނުންވާ ކުޅޭތަކެތި
  • އަރާމު ނިންޖެއް ހޯދާ ދިނުމަށް ޕެޓަށް ޚާއްޞަ އެނދު: ދުޅަހެޔޮކަން ދެމެހެއްޓުމަށް އަރާމް ކުރުމާއި ހަމަ ނިންޖަކީ އިންސާނުންނަށް ބޭނުންވާ އެއްޗެއް ފަދައިން ގޭގައި ގެންގުޅޭ ޖަނަވާރަށްވެސް މުހިންމު ކަމެކެވެ. ޕެޓްސް އެންޑް ސްޓަފްއިން ވިއްކާ ޕެޓަށް ޚާއްޞަކޮށް ތައްޔާރު ކޮށްފައިވާ އެނދުވެސް މޫލީ މެދުވެރިކޮށް މިހާރު ބައްލަވައިގަނެވޭނެއެވެ.
  • ގްރޫމިން އެސެންޝަލްސް: ޕެޓް ގްރޫމިން އަކީ ވެސް ގެންގުޅޭ ޖަނަވާރަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނުވައިދޭ ކަމެކެވެ. އެގޮތުން ޖަނަވާރު ގެންގުޅޭ ތަނާއި އެ ޖަނަވާރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބޭނުންވާ ތަކެތި ވެސް މިހާރު މޫލީ މެދުވެރިކޮށް ގަނެ ކޮންމެ ތަނަކަށްވެސް ޑެލިވާ ކޮށްދޭނެއެވެ.

ޕެޓްސް އެންޑް ސްޓަފްގެ ތަކެތި މޫލީގެވެބްސައިޓްމެދުވެރިކޮށް ގަނެވޭނެއެވެ.