04 Nov 2023, 13:56
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިމިގްރޭޝަން ޕްރޮސެސިންއަށް ކުރިމަތިވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ކުރިން ދިންގޮތަށް ޚިދުމަތް ފޯރުކޮށްދޭން ފަށައިފި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
އިމިގްރޭޝަން ޕްރޮސެސިންއަށް މައްސަލައެއް ކުރިމަތިވީ މިއަދު މެންދުރު 12 ޖަހާކަންހާއިރެވެ. މިފަދަ މައްސަލަތައް ކުރިމަތިވުމުން ވިސާ މެނުއަލްކޮށް ޕްރޮސެސްކުރާނެ ގަވާއިދެއް އިމިގްރޭޝަނުން ކަނޑައަޅާފައި ވެއެވެ.
އެހެންކަމުން އެ ވަގުތު އިމިގްރޭޝަން ޕްރޮސެސްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ މެނުއަލްކޮށެވެ.
މި މައްސަލައިގެ ސަބަބުން މަސައްކަތްތަކަށް ވަގުތު ނަގައި ކިޔުތައް ދިގުވެދާނެކަމަށް އެމްއޭސީއެލްއިން ލަފާކުރިއެވެ. ނަމަވެސް ގަޑިއިރެއް ތެރޭ މި މައްސަލަ މިވަނީ ހައްލުކޮށްފައެވެ.