ރައީސް މުހައްމަދު ވަހީދުގެ ވެރިކަމަށް 100 ދުވަހުގެ ތެރޭގައި 1.35 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރިޔާޒް އޭނާގެ އަމިއްލަފުޅު ޓުއިޓާ އެކަންޓްގައި ވިދާޅުވެފައި ވަނީ ފާއިތުވި 100 ދުވަހުގެ ތެރޭގައި ތަފާތު އެކިއެކި މައްސަލަތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ މަގުމަތީގެ އަގު(ސްޓްރީޓް ވެލިއު) ގާތްގަނޑަކަށް 1،357،900.00ރ. އަރާނެ ކަމަށެވެ.

ފަހަކަށް އައިސް މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި އަތުލައިގެންނަ މީހުންގެ އަދަދު ވަނީ އިތުރުވެގެން ގޮސްފަ އެވެ. އެގޮތުން ރޭ ވެސް އދ. މަހިބަދޫ އިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޔާޒު ޓުއިޓާގައި ވިދާޅުވެފައިވެ އެވެ.