ލީގުގައި ކުރިއަށް ހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުން ނަމަ މާދަމާ އީގަލްސްއާ ދެކޮޅަށް ކުޅެ ތިން ޕޮއިންޓް ހޯދުން މުހިންމު ކަމަށް ވީބީ އައްޑޫ އެފްސީގެ ހެޑް ކޯޗް ތުރުކީގެ ޖޭން ވަނީ ބުނެފި އެވެ.

މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސް ވެރިންގެ ބައްދަލުވުމުގައި ވަންލީ ބުނީ، ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް މިވަގުތު އަނިޔާގައި ތިބި ކަމުގައި ވިޔަސް، މާދަމާގެ މެޗަކީ މުހިންމު މެޗެއް ކަމަށެވެ. އަދި އީގަލްސްއާ ދެކޮޅަށް މާދަމާ ނިކުންނާނީ ހިތްވަރާ އެކު ތިން ޕޮއިންޓު ހޯދުމުގެ އުންމީދުގައި ކަމަށް ވެސް ވަންލީ ބުންޏެވެ.

"އަހަރުމެން މިހާރު މޮޅުވާން މަޖުބޫރު. ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް. އެކަމަކު މާދަމާގެ މެޗް ވަރަށް މުހިންމު،" ވަންލީ ބުންޏެވެ.

ދިރާގު ދިވެހި ލީގުގައި މިހާތަނަށް ވީބީ ކުޅުނު ހަތަރު މެޗުންވެސް އެ ޓީމް އަދި މޮޅުވެފައި ނުވާ އިރު، ލީގްތާވަލްގައި އެ ޓީމް އޮތީ ތިން ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.