10:45


ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމަށް ހުޅުވާލި ފުރްސަތުގައި 180 ފަރާތުން ނަން ހުށަހަޅާފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ބުނެފި އެވެ.


ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ، މިއަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހު އެވެ. މުއްދަތު ހަމަވީ، މި އޯގަސްޓް މަހުގެ 1 ވަނަ ދުވަހުގެ މެންދުރު ފަހު ތިނެއް ޖަހެހި އިރު އެވެ.
ޤައުމީ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ. މި އަހަރު ޤައުމީ އިނާމަށް ހުށަހެޅި ފޯމްތައް ބައްލަވައި، އިނާމަށް މީހުން ހޮއްވެވުމަށް ކުރައްވަން ޖެހޭ މަސައްކަތްތައް ޤައުމީ އިނާމާ ބެހޭ ކޮމިޓީއިން މިހާރުވަނީ ފަށާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.