02 Nov 2023, 09:00
އިންޑިޔާގެ ދިއްލީގައި ކުޑަ ސައިކަލެއް މީހަކު ދުއްވާފައި ދާ ވީޑިއޯއެއް އިންޓަނެޓްގައި ވަރަށް ގިނަ މީހުންގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
"މިނީ ބުލެޓް" ބައިކެއް ދިއްލީގެ މަގެއްގައި މީހަކު ދުއްވާފައިވާ ދާ މި ވީޑިއޯ ޙިއްސާކުރުމާ އެކު، ހަތަރު މިލިޔަނަށްވުރެ ގިނަ މީހުން މިވީޑިއޯ ބަލައި، ފަސް ލައްކަ މީހުން މިވީޑިއޯއަށް ލައިކްދީފައިވެއެވެ.
ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުން ވަނީ، މިއީ ފަސޭހަކަމާ އެކު ދުއްވާލެވޭނެ ސައިޒެއްގެ ސައިކަލެއްކަން ފާހަގަކޮށްފައެވެ.
ބައިސްކަލަކަށް ވުރެ ވެސް ކުޑަ މި ސައިކަލު ދުއްވާފައި ދިޔައިރު، މަގުމަތީ ތިބި ގިނަ ބައެއްގެ ސަމާލުކަމަށް ވެސް އެކަން އައިސްފައިވެއެވެ.
ރެމީ ރައިޑަރު ކިޔާ މި މީހާ ވަނީ ސައިކަލް މަގުގައި ދުއްވާފައި ދިޔައިރު މަގުމަތީ މީހުން ބަލަން ތިބި ގޮތުގެ ވީޑީއޯއެއް ވެސް ޙިއްސާކޮށްފައެވެ. މި ބުލެޓް ބައިކަކީ ސްކޫޓަރެއް ބޭނުން ކޮށްގެން އެނާ އަމިއްލައަށް މޮޑިފައިކޮށްފައިވާ ސައިކަލެއް ކަމަށް އޭނާ ބުނެފައިވެއެވެ.
View this post on Instagram