01 Nov 2023, 10:39
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވާން އާބަންކޯއިން ހުކުރު ދުވަހު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
މި އިވެންޓް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މި މަހު ތިނެއްވާ ހުކުރު ދުވަހުގެ ހަވީރު 6-4 އަދި ރޭގަނޑު 10-8 އެއްގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އާބަންކޯއިން ބުނި ގޮތުގައި، މި އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. މި ހަރަކާތުގެ ތެރެއިން އެއްކުރެވޭ ހުރިހާ ފައިސާއިން ހަދިޔާ ކުރާނީ ފަލަސްތީނުގެ ނިކަމެތިންނަށް އެހީވާން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންވެ، ވީހާ ވެސް ގިނަ މީހުން މި އިވެންޓްގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގައި ހިއްސާވުމަށް އެ ކުންފުނިން އެދެއެވެ.
މިދިޔަ ހަފުތާ ބަންދުގައި ވެސް ފަލަސްތީނަށް އެހީވުމަށް ހިންގި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އާބަންކޯއިން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
އެގޮތުން، ފަލަސްތިނަށް އެހީވުމަށް ތިން އިވެންޓެއް ކުރިއަށް ގެންދިޔުމަށް އާބަންކޯއިން އާބަންކޯއިން ބައިވެރިވެ އެހީތެރިވެދިނެވެ.