އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ސީއާރުއެފް 2023 އިނޮވޭޝަން އެވޯޑް (ކޮމެންޑޭޝަން) އެ މިނިސްޓްރީއަށް ދީފިއެވެ.

މި އެވޯޑު އެ މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ހަވާލުކޮށްފައިވަނީ ކޯޕަރޭޓް ރަޖިސްޓާސް ފޯރަމް (ސީއާރުއެފް)ގެ އަހަރީ ކޮންފަރެންސްގައެވެ.

އިކޮންމިކް މިނިސްޓްރީން ބުނި ގޮތުގައި މިއީ އެ މިނިސްޓްރީން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލިބިފައިވާ ފުރަތަމަ ބައިނަލްއަޤުވާމީ އެވޯޑެވެ.

އެގޮތުން، މި އެވޯޑު ލިބުނީ މިނިސްޓްރީން އަލަށް ތައާރަފުކުރި "ކޯޕަރޭޓް ޕްރޮފައިލް އަދި ވެރިފިކޭޝަން" އަށެވެ.

މިނިސްޓްރީން ބުނީ، އޮންލައިންކޮށް ދޫކުރާ ޕްރޮފައިލް ޝީޓުތައް ބޭންކުތަކާއި އެހެނިހެން ހިދުމަތް ދޭ ތަންތަނުން، ސައްހަތޯ ކަށަވަރު ކުރުމަށް ކޮންމެ ޝީޓެއްގައި ހާއްސަ ވެރިފިކޭޝަން ކޯޑެއް ހިމަނާފައިވާނެ ކަމަށެވެ.

ހަމައެއާ އެކު އަލަށް ތާއަރަފް ކުރި ހިދުމަތާއެކު 300 ސާވިސް ރިކުއެސްޓު ސާވިސް ކިއުއިން އުނިކުރެވިފައިވާ ކަމަށާއި ސީދާ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓު ވަގުތުން ޖެނަރޭޓު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ވޭތުވި އަހަރުތަކުގެ ތެރޭގައި ބިޒްނަސް ޕޯޓަލް އިތުރަށް ތަރައްގީކުރަމުން އައިސް މިހާރު އިކޮނޮމިކް މިނިސްޓްރީން އާންމުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް ބިޒްނަސް ޕޯޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިބެއެވެ.