އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި ޑެލަސް މެވްރިކްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗް މެވްރިކްސް ކާމިޔާބުކޮށްފިއެވެ.

މެމްފިސްގެ ފެޑްއެކްސް ފޯރަމްގައި ކުޅުނު މި މެޗް މެވްރިކްސް ކާމިޔާބުކުރީ 125 ޕޮއިންޓް 110 ޕޮއިންޓުންނެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗް ވަނީ 35 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދީ 12 އެސިސްޓް ދީ ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ.

ގްރިޒްލީސްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޖެރެން ޖެކްސަން ޖޫނިއާއެވެ. މި މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗް 110 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. މިއާއެކު ނަގެޓްސް މިވަނީ މިސީޒަންގައި މިހާތަށް ކުޅުނު ހަތަރު މެޗް ވެސް ކާމިޔާބުކޮށްފައެވެ.

މި މެޗްއި ނަގެޓްސްގެ ނިކޮލާ ޔޮކިޗް ވަނީ 27 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ 11 އެސިސްޓް ކޮށް ތްރިޕްލް ޑަބަލްއެއް ހަދާފައެވެ. އަދި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ފްރާންޒް ވެގްނާއެވެ.

މި މުބާރާތުގައި ރެއާއި މިއަދު ހެނދުނު ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ގޯލްޑަން ސްޓޭޓް ވޮރިއާޒް އާއި ނިއު އޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 102 ޕޮއިންޓުން ކަމިޔާބުކުރީ ވިރިއާސްއެވެ. މި މެޗްގައި ވޮރިއާސްގެ ސްޓެފަން ކަރީ ވަނީ 42 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ކޮށްފައެވެ. އަދި ޕެލިކަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިފީ ހަ ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ސީޖޭ މެކްކޮލަމްއެވެ.

މީގެ އިތުރުން މިލްވައުކީ ބަކްސް އާއި މައޭމީ ހީޓް ބައްދަލުކުރި މެޗް 122 ޕޮއިންޓް 114 ޕޮއިންޓުން ބަކްސް ކާމިޔާބުކުރިއިރު ލޮސް އެންޖަލިސް ލޭކާސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗް 106 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ލޭކާސްއެވެ.

ބޮސްޓަން ސެލްޓިކްސް އާއި ވޮޝިންގްޓަން ވިޒަޑްސް ބައްދަލުކުރި މެޗް 126 ޕޮއިންޓް 107 ޕޮއިންޓުން ސެލްޓިކްސް ކާމިޔާބު ކުރިއިރު ބްރޫކްލިން ނެޓްސް އާއި ޗާލޮޓް ހޯނެޓްސް ބައްލުކުރި މެޗް 133 ޕޮއިންޓް 121 ޕޮއިންޓުން ނެޓްސް ކާމިޔާބުކުރިއިރު ޝިކާގޯ ބުލްސް އާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރިމެޗް 112 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބު ކުރީ ބުލްސްއެވެ.