31 Oct 2023, 13:40
ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއަލޭސް، ތިން އަހަރު ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލުގައި މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އިންގްލެންޑް އަތުން މޮޅުވުމާއެކު ސްޕެއިންގެ ކެޕްޓަން ޖެނީ ހާމޯސޯއާއެކު ބެހެއްޓި އަމަލުތަކުގެ ސަބަބުން ރުބިއަލޭސްއާ ދެކޮޅަށް ވަނީ ތަހުގީގެއް ފަށައިފައެވެ.
ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ފީފާގެ ޑިސިޕްލިނަރީ އުސޫލުތަކާ ރުބިއަލޭސް ހިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަށް ފުޓުބޯޅަ ހަރަކާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް ތިން އަހަރަށް ސަސްޕެންޑުކުރުމަށް ފީފާ އިން ވަނީ ނިންމައިފައެވެ.
އެ މައްސަލަ ބޮޑުވެ، ގިނަ އިހުތިޖާޖުތަކެއް ކުރަމުންދަނިކޮށް، ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމުން ރުބިއަލޭސް އިސްތިއުފާދެއްވާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ. އޭގެ އިތުރުން އޭނާ ވަނީ ޔޫއެފާގެ ނައިބު ރައީސްގެ މަގާމުން ވެސް އިސްތިއުފާދެއްވައިފައެވެ.
ރުބިއަލޭސް އިސްތިއުފާދެއްވާފައިވަނީ، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ ކުރުމަށް ވެސް ނިންމާފައިވަނިކޮށެވެ.