30 Oct 2023, 16:53
ދިވެހިބަހުގެ އެކެޑަމީގެ ފޮތްތަކަށް ޚާއްސަ "އަސްކަނި މައުރަޒު" ބާއްވަން އެ އެކެޑެމީން ނިންމައިފިއެވެ.
"އަސްކަނި މައުރަޒު"ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީން ބާއްވާ މި މައުރަޒަކީ ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން ލިބެން ހުރި ފޮތްތަކަށް ޚާއްސަކޮށްގެން ބާއްވާ މައުރަޒެކެވެ.
ދިވެހިބަހުގެ އެކެޑެމީން ބުނީ މި އަހަރުގެ މައުރަޒުގައި ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ، އަދަބީ ފޮތްތަކާއި ވާހަކަ، ނާވިލު އަދި ތަފާތު މައުލޫމާތުތައް ލިބޭ ފޮތްތައް ލިބެން ހުންނާނެ ކަމަށެވެ.
އަދި، ކިޔަވާކުދިންނަށް ގިނަ މައުލޫމާތުތަކެއް ލިއްބައިދޭ "ދިވެހިރާއްޖޭ ރަހުންނާއި ރަނިން" އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިބެން ހުންނާނެ ކަމަށް އެ އެކެޑެމީން ބުންޏެވެ.
މީގެ އިތުރުން ވެސް ދިވެހިބަހުގެ ގަވައިދު 1،2،3،4، ބަހުގެ ހަމައިގެ އަތްމަތީ ފޮތް، ފަހުބަސް، ޖަމީލުގެ ޑްރާމާތައް ފަދަ އެކި ފޮތްތައް ލިބެން ހުންނާނެއެވެ.
"މި މައުރަޒުގައި ފޮތް ގަންނަން ލިބެން ހުންނާނީ އާންމުކޮށް ދިވެހިބަހުގެ އެކެޑަމީން ފޮތް ވިއްކާ އަގުތަކަށް ވުރެ ހެޔޮ އަގެއްގައި،" ބަހުގެ އެކެޑެމީން ބުންޏެވެ.
މި އަހަރުގެ މައުރަޒު އޮންނާނީ އަންނަ ނޮވެންބަރު މަހުގެ ދެވަނަ ދުވަހު ހެނދުނު 9:00ން ހަވީރު 5:30ށް ދިވެހިބަހުގެ އެކެޑަމީގައެވެ.