19:45


ރާއްޖެ އެތެރެކުރަން އުޅުނު ދުއިސައްތަ އަށް ވުރެ ގިނަ ޕްލާސްޓިކް ބަޑި އެމްއެންޑީއެފުން ހިފަހައްޓައިފި އެވެ.


އެމްއެންޑީއެފުން ބުނީ ޕިކާސޯ ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި މާލެ ގެނެސްފައިވާ މުދާތަކެއް ޗެކްކުރިއިރު، އެ މުދާތަކުގެ ތެރޭގައި 260 ޓޯއީ ގަން އާއި ސާދަ ހާސް ނުވަސަތޭކަ ސައުވީސް ޕްލާސްޓިކް ވަޒަން ފެނިފައިވާ ކަމަށެވެ. އަދި އެ ބަޑިތައް އިތުރަށް ބެލިއިރު އެތަކެތި ބޭނުންކޮށްފިނަމަ މީހުންނަށް އަނިޔާ ލިބިދާނެ ކަމަށް ފެންނާތީ މިހާރު ވަނީ އެތަކެތި އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


ކަސްޓަމްސް އިން ބުނީ އެ ބަޑިތައް ފެނުނީ ކާގޯ ކޮންޓެއިނަރެއްގެ ތެރެއިން ކަމަށެވެ. އަދި އެ އެއްޗެހި ޑިކްލެއާކޮށްފައި ހުރީ ކުޅޭކުޅޭ ބަޑިތަކެއްގެ ގޮތުގައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.


 


 


10:30


ދުއިސައްތަ އެއްހާ ބަޑި ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓައިފި އެވެ.


ކަސްޓަމްސްއިން ބުނީ އެ ބަޑިތައް ފެނުނީ ކާގޯ ކޮންޓެއިނަރެއްގެ ތެރެއިން ކަމަށެވެ. އަދި އެ އެއްޗެހި ޑިކްލެއާކޮށްފައި ހުރީ ކުޅޭ ކުޅޭ ބަޑިތަކެއްގެ ގޮތުގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.


އެމްއެންޑީއެފުން ބުނީ އެ ބަޑިތަށް ހިފަހައްޓައި، އިތުރަށް ޗެކުކުރަން ނިންމީ ބަޑިތައް ހުރި ޑިޒައިނުން ކަމަށާއި އަދި އެއީ ކިހާ ބާރެއް ހުރި ބަޑިތަކެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެބަޑިތައް އެތެރެކުރީ ކޮންބައެއް ކަމާއި އެކަމާ ބެހޭ އިތުރު ތަފްސީލެއް ކަސްޓަމްސް އިން ވެސް އަދި އެމްއެންޑީއެފަކުން ވެސް ނުދެ އެވެ.