30 Oct 2023, 08:43
ބޮލީވުޑްގައި ކުރި ހޯދަމުން އަންނަ ޒުވާން ބަތަލާ އަނަނިޔާ ޕާންޑޭ އަލަށް ކުޅޭ ވެބް ސީރީސް "ކޯލް މީ ބޭ"ގެ މަސައްކަތް ނިންމާލާފައި ވާކަން ބަތަލާ ހާމަކޮށްފިއެވެ.
ފިލްމުގެ ކްރޫއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓު ކުރުމަށްފަހު އަނަނިޔާ ބުނެފައި ވަނީ މި ސީރީސް އަކީ ކެރިއަރުގެ އެންމެ ޚާއްސަ މަސައްކަތް ކަމަށެވެ.
އެމޭޒަން ޕްރައިމްއަށް އަނަންޔާ ކުޅެދިން މި ވެބް ސީރީސް ބެލުންތެރިންނާ ހަމައަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރު ނަމަވެސް އެއީ ކޮން ތާރީޚެއް ކަމެއް އިއުލާނު ނުކުރެއެވެ. މި ވެބް ސީރީސް އަކީ ފިލްމު "ސީކްރެޓް ސުޕަ ސްޓާ"، "ޝާންދާރު" އަދި "ސަންޖޫ" ފަދަ ފިލްމުތައް އުފެއްދުމުގައި ބައިވެރިވެފައިވާ ކޮލިން ދި ކޮނިއާ ޑައިރެކްޓް ކުރާ ވެބް ސީރީސް އެކެވެ.
ވެބް ސީރީސް "ކޯލް މީ ބޭ" އިން އަނަނިޔާ ފެންނާނީ ވަރަށް ނުފޫޒު ގަދަ މުއްސަނދި އާއިލާ އަކަށް ނިސްބަތްވާ ޒުވާނެއްގެ ރޯލަކުންނެވެ. ބިލިއަނަރު ފެޝަނިސްޓާއެއްގެ ރޯލް ކުޅޭ ބަތަލާ އާއިލާގެ ރުހުން ހޯދުމަށް އަމިއްލަ ފައިމައްޗަށް ތެދުވެ ޒިންމާދާރު މީހަކަށް ވުމަށް ކުރާ މަސައްކަތް މި ސީރީސްއިން ބެލުންތެރިންނަށް ފެންނާނެއެވެ.

ބަތަލާ އަނަނިޔާ ޕާންޑޭ "ކޯލް މީ ބޭ"ގެ ކްރޫއިންނާއެކު
ދަރުމާ ކުންފުނީގެ ގޮތްޕެއް ކަމަށްވާ ދަރުމަޓިކް އެންޓަޓެއިންމެންޓްގެ މި ސީރީސްގެ ޕްރޮޑިއުސަރުންނަކީ ކަރަން ޖޯހަރު، އަޕުރުވާ މެހެތާ އަދި ސޯމެން މިޝްރާއެވެ. މި ސީރީސްގެ ވަރަށް ޚާއްޞަ އެޕިސޯޑަކުން އެކްޓަރު ވަރުން ދަވަން ވެސް ފެންނާނެކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ކަށަވަރުކޮށް ދީފައެވެ.
ދާދިފަހުން ރިލީޒްކުރި ފިލްމު "ޑްރީމް ގާލް2" އިން ބެލުންތެރިންނަށް ފެނުނު ބަތަލާ ދެން އެންމެ އަވަހަށް މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ ޑައިރެކްޓަރު ޒޯޔާ އަޚުތަރުގެ ފިލްމު "ކޯ ގަޔޭ ހަމް ކަހާން" ގައެވެ. މި ފިލްމުގައި އަނަނިޔާ އާއެކު އެކްޓަރު ސިދާތު ޗަތުރް ވެދީ އަދި އާދަޝް ގޯރަވް މުހިއްމު ރޯލްއިން ފެންނާނެއެވެ.