Last Updated: 2 year 4 week ago
Last Updated:
2 year 4 week ago
ރައީސް ނަޝީދުގެ އިތުބާރުގެ ޖަލްސާ މާދަމާއަށް ފަސްކޮށްފި
09:00
މަޖިލީހުގެ އަމީންއާންމު ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދުގެ ހެނދުނު 6:27ގައި ސަލާން އަންގަވާފައިވާ ކަމަށް. އެހެންވެ، މިއަދު ޖަލްސާ ނުބާއްވައި، މާދަމާއަށް އަނެއްކާވެސް އިތުބާރުގެ މައްސަލަ އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށް އަމީންއާންމު ވިދާޅުވި.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އިސް މެމްބަރަކު "ސަން" އަށް ވިދާޅުވީ އީވާ ސަލާމް ވިދާޅުވުމާއެކު ދެން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ އަމީންއާއްމު އަދި ނުނިންމަވާ ކަމަށް.
މަޖިލީހުގެ ޖަލްސާ މިއަދުގެ 9:00 އަށް އެޖެންޑާ ކޮށްފައިވާއިރު މަޖިލީހުގެ އިދާރާގައި ގިނަ މެމްބަރުންތަކެއް މިހާރު ވެސް އެބަތިއްބެވި.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަންވާނީ މަޖިލީހުގެ ނައިބު ރައީސް. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދަކު ލިޔެފައެއް ނެތް.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ ދެން އަމަލު ކުރާނީ ރިޔާސީ ނިޒާމް އޮންނަ ގައުމުތަކުގައި އަމަލު ކުރާ އުސޫލަކުން.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ސަން އަށް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދުގެ ޖަލްސާއަށް ސަލާމް ވިދާޅުވެފައިވާ ކަމަށް.
އީވާ ސަލާން ބުނާ ހާލަތެއްގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ކާކުކަން މަޖިލީސް ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި ނުވާއިރު، އެފަދަ ހާލަތެއްގައި އަމަލު ކުރަން މަޖިލިސް ގަވާއިދުގައި ބުނެފައިވަނީ:
މަޖިލިސް ގަވާއިދުގެ 250 ވަނަ މާއްދާގެ ހ. - މަޖިލީހުގެ ނިންމުންތަކުންނާއި ކުރިން އަމަލު ކުރަމުން އައި އުސޫލަށް ބެލުން އަދި، އެ މާއްދާގެ ށ ގައި ބުނެފައިވަނީ އެފަދަ ހާލަތެއްގައި ނިންމާ ނިންމުމެއް މަޖިލީހުގެ ގަވާއިދަށް ވެގެންދާނެ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލިސް ބޭއްވޭނެ ކަމާމެދު ޝައްކު އުފެދިފައިވީ ނަމަވެސް އެމްޑީޕީގެ މެންބަރަކާއި ޑިމޮކްރެޓްސްގެ މެންބަރަކު ވަނީ ޖަލްސާ އޮންނާނެ ކަމަށް "ސަން"އަށް މައުލޫމާތު ދެއްވާފަ