28 Oct 2023, 17:25
އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި މެމްފިސް ގްރީޒްލީސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި ނަގެޓްސް ކާމިޔާބުކޮށްފިއެވެ.
މިމެޗު ނަގެޓްސް ކާމިޔާބުކޮށްފައިވަނީ 108 ޕޮއިންޓް 104 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 22 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގައިދި ހަތް އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސްއަށް ބަލާލާއިރު އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ ނުވަ ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ޖަރެން ޖެކްސަން ޖޫނިއާއެވެ.
މި މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއާސްއެވެ. ކިންގްސްގެ ގޯލްޑަން ވަން ސެންޓާގައި ކުޅުނު މިމެޗުގައި ވޮރިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 41 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ސްޓެފަން ކަރީއެވެ. އަދި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 39 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޑި އާރޮން ފޮކްސްއެވެ.
މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި މައޭމީ ހީޓް ބައްދަލުކުރެޗް 119 ޕޮއިންޓް 11 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ. މިމެޗްގައި ސެލްޓިކްސްގެ ޑެރިކް ވައިތްވަނީ 28 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ތިން އެސިސްޓް ކޮށްފައެވެ. އަދި ހީޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ ގަ ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޓައިލާ ހޭރޯއެވެ.
މީގެއިތުރުން މިއަދު ހެނދުނު ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 105 ޕޮއިންޓުން ތަންޑާ ކާމިޔާބުކުރިއިރު ޑެލަސް މެވްރިކްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބު ކުރި މެވްރިކްސްއެވެ. ޝިކާގޯ ބުލްސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗް އޯވާ ޓައިމްއަށް ގޮސް 104 ޕޮއިންޓް 103 ޕޮއިންޓްގެ ކުޑަ ތަފާތަކުން ބުލްސް ކާމިޔާބުކުރިއިރު ސެން އެންޓޯނިއޯ ސްޕާސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 122 ޕޮއިންޓުން ކާމިޔާބުކުރީ ސްޕާސްއެވެ.
ނިއުޔޯކް ނިކްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗް 126 ޕޮއިންޓް 120 ޕޮއިންޓުން ނިކްސް ކާމިޔާބުކުރިއިރު ޔޫޓާ ޖޭޒް އާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒް އެވެ. އަދި އޯލާންޑޯ މެޖިކް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރިމެޗް 102 ޕޮއިންޓް 97 ޕޮއިންޓުން މެޖިކް ކާމިޔާބުކުރިއިރު ޑެޓްރޮއިޓް ޕިސްޓަންސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ޕިސްޓަންސްއެވެ.