16 May 2012, 17:18
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުން އަންނަ ކަންކަމާ ގުޅޭ ގޮތުން ރާއްޖެ އަށް އެހީތެރިވެ ދެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ މީޑިއޭޝަން އެކުސްޕާޓް ރައީސް މައުމޫނު އަބުދުލްގައްޔޫމްގެ އަރިހަށް ޒިޔާރަތް ކުރައްވައިފި އެވެ.
ކުރީގެ ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އދ.ގެ މީޑިޔާ އެކްސްޕާޓް ޕިއޭރީ އީވް މޮނޭޓްއާ ރައީސް މައުމޫނާ ބައްދަލުކުރައްވައި ނޭޝަނަލް އިންކުއަރީ ކޮމިޝަނާ ގުޅޭ ގޮތުންނާއި ޕޮލިޓިކަލް ޕާޓީ ޓޯކުސްގެ ކަންތައްތައް ކުރިއަށް ދާ ގޮތާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާ ވެސް ރައީސް މައުމޫންގެ އަރިހުން މޮނޭޓް ހޯއްދެވި ކަމަށް ވެސް ފޯމާ ޕްރެޒިންޓް އޮފީހުން ވަނީ ބުނެފައިވެ އެވެ.