16 May 2012, 17:01
އެތްލެޓިކްސް އެސޯސިއޭޝަނާއި ދިރާގުންގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދިރާގް ބްރޯޑް ބޭންޑް ރޯޑް ރޭސް ކުޑަކުދިނަށާއި އަންހެނުނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބާއްވާ ގޮތަށް ދިރާގުން ހަމަޖައްސައެފި އެވެ.
އަންނަ މަހު 29 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަ ވަނަ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭހާބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖާ މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ މި އިވެންޓަކީ ހަމައެކަނި ކަސްރަތު ކުރުމުގެ ބަދަލުގައި މުޖުތަމައުގައި ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ބާއްވަމުން އަންނަ އިވެންޓެއްކަމަ ށެވެ. އަދި ބްރޯޑް ބޭންޑްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިއަދުން ދުވަހުން ފެށިގެން އޮންލައިންކޮއް ދިރާގުގެ ވެބް ސައިޓުން ފުރޭނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.
މިއަހަރު ދިރާގުން ބާއްވާ ބްރޯޑް ބޭންޑް ރޯޑް ރޭހުގައި ތަފާތު ކެޓަގަރީތަކުން ވަނަތައް ހޮވާ އެ ފަރާތްތަކަށް އިނާމް ދިނުން އޮންނާނެ ކަމަށް މިރުޝާން ވިދާޅުވި އެވެ. އެގޮތުން ޕްރޮފެޝަނަލް ކެޓަގެރީން އަންހެން ފިރިހެން ހޮވުމާއި، 40 އަހަރުން މަތިންނާއި 40 އަހަރުން ދަށުންވެސް އަންހެން ފިރިހެން ހޮވާ އެފަރާތް ތަކުގެ ތެރެއިން ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމް ދޭނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.
އަދި މިއަހަރު އެހެން އަހަރު ތަކެކޭ ތަފާތުކޮށް ސުކޫލް ކުދިނަށް ހާއްސަކޮށް ސުކޫލް ނަމުގައި ބައިވެރިވެ ސުކޫލް ތަމްސީލް ކުރުމުގެ ފުރުސަތް ލިބޭނެކަމަށާއި ވަނަ ވަނައަށޤ ހޮވޭ ސުކޫލުތަކަށާއި ކުދިނަށް އިނާމް ލިބޭނެކަމަށާއި އަދި ކިތަންމެ ގިނަ ކުދިނަކަށްވެސް އެއްސުކޫލެއްގެ ނަމުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޔެވެ.
ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެތްލެޓިކްސް އެސޯސިއޭޝަންގެ މޫސާ ރަޝީދް ވިދާޅުވީ އެ ރޯޑް ރޭހުގައި ބައިވެރިވާ ބޭނުންވާ ހުރިހާ ފަރާތްތަށްވެސް ރަގަޅަށް އެކަމަށް ތައްޔާރު ވުން ވަރަށް މިހިންމުކަމަށެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ އެ ރޭހުގައި 45 މިނިޓް ތެރޭ މާލެ ވަށާ ކޮންމެ ބައިވެރިއަކު ވެސް ބުރެއް ޖަހަން ޖެހޭނެ އެވެ.