ނިމިގެން ދިޔަ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ދޭ ރަންބޫޓް އާސެނަލްގެ ކެޕްޓަން ވެސް ޕާސީ ހޯދައިފި އެވެ.

ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ވޭން ރޯނީއާ މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯއާ ވާދަކޮށް ވެން ޕާސީ ރަންބޫޓް ހޯދީ 30 ގޯލު ޖަހައިގެންނެވެ. އަދި ޕެންޕާސީއާ އެންމެ ކައިރިން ދެން ވާދަކުރާ ވޭން ރޫނީއަށް ޖެހި ފައި ވަނީ 27 ގޯލެވެ.


މިއީ ވެންޕާސީއަށް ލިބުނު ފުރަތަމަ ރަންބޫޓް ކަމަށް ވީއިރު، ވެންޕާސީ 30 ލަނޑު ޖެހުމުން ޕްރިމިއާ ލީގުގައި މީގެ ކުރިން އެންމެ ގިނަ ގޯލު ޖެހި ހެންރީގެ ރެކޯޑާ ވަނީ އެއްވަރުވެފަ އެވެ.


އެންމެ ގިނަ ގޯލު ޖެހުމުގެ ރިކޯޑް ވެންޕާސީ ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ރަޔާސް ގިގްސް އެވެ. އަދި މޮޅު ކޯޗަކަށް ހޮވިފައި ވަނީ މެންޗެސްޓާގެ ކޯޗް އެލެކްސް ފާގަސަން އެވެ.