27 Oct 2023, 10:48
އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ސެކްރެމެންޓޯ ކިންގްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗް ކިންގްސް ކާމިޔާބުކޮށްފިއެވެ.
ސޯލްޓް ލޭކް ސިޓީގެ ޑެލްޓާ ސެންޓާގައި ކުޅުނު މިމެޗް ކިންގްސް ކާމިޔާބުކުރީ 130 ޕޮއިންޓް 114 ޕޮއިންޓުންނެވެ. މިމެޗްގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދާދީ ހަތަރު ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ހެރިސަން ބާންސްއެވެ. އަދި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދާދީ ހަތަރު ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޖޯޑަން ކްލާކްސަންއެވެ.
މިމުބާރާތުގައި ޑެލަސް މެވްރިކްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 33 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 10 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލް ހަދާފައެވެ. އަދި ސްޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދާދީ ނުވަ ރީބައުންޑް ނަގާދީ ހަތް އެސިސްޓް ދިން ކެލްޑަން ޖޯންސަންއެވެ.
މީގެއިތުރުން ލޮސް އެންޖަލިސް ކްލިޕާސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕާސްއެެވެ. މިމެޗްގައި ކްލިޕާސްގެ ޕޯލް ޖޯޖްވަނީ 27 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަ އެސިސްޓް ކޮށްފައެވެ. އަދި ޓްރެއިލް ބްލޭޒާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން މެލްކޮމް ބްރިގްޑަންއެވެ.
މިމުބާރާތުގައި ރެއާއި މިއަދު ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު އޯލާންޑޯ މެޖިކް އާއި ހިއުސްޓަން ރިކެޓްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 86 ޕޮއިންޓުން މެޖިކް ކާމިޔާބުކުރިއިރު ބޮސްޓަން ސެލްޓިކްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ.
އިންޑިއާނާ ޕޭސާސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރިމެޗް 143 ޕޮއިންޓް 120 ޕޮއިންޓުން ޕޭސާސް ކާމިޔާބުކުރިއިރު ޗާލޮޓް ހޯނެޓްސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ހޯނެޓްސްއެވެ.
މީގެއިތުރުން ޓޮރޮންޓޯ ރެޕްޓާސް އާއި މިނެސޯޓާ ޓިމްބާވުލްވްސް ބައްދަލުކުރިމެޗް 97 ޕޮއިންޓް 94 ޕޮއިންޓުން ރެޕްޓާސް ކާމިޔާބު ކުރިއިރު އެންމެފަހުގެ މުބާރާތުގެ ފައިނަލްގައި އެއް ކޮޅުން ވާދަކުރި މައޭމީ ހީޓް އާއި އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 103 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ.
ކްލީވްލަންޑް ކެވެލިއާސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 113 ޕޮއިންޓުން ކެވެލިއާސް ކާމިޔާބުކުރިއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ. އަދި އޮކްލޮހޯމާ ސިޓީ ތަންޑާ އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 124 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑާއެވެ.