މި ހަފުތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އާބަންކޯއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފަލަސްތިނަށް އެހީވުމަށް މި ހަފުތާ ބަންދުގައި ތިން އިވެންޓެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ތިން އިވެންޓުގައި ވެސް އާބަންކޯއިން ބައިވެރިވެ އެހީތެރިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައި ދީނީ އިލްމުވެރިންނާއެކު، "ފަލަސްތީނުގެ ހާލަތާއިމެދު" މި މައުލޫއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މަމްސް އެންޖީއޯގެ ފަރާތުންވެސް ވަނީ ފަންޑް ރައިޒިން ޕްރޮގްރާމެއް ހިންގުމަށް ނިންމާފައެވެ. މި އިވެންޓު ބާއްވަން ހަމަޖެހިފައިވަނީ ހިޔާ ސަރަހައްދުގައެވެ.

މީގެ އިތުރުން ކޭކް ޑޯނާސްއިން ވެސް މި މަހުގެ 28، 29، އަދި 30 ގައި ވެސް ވަނީ ފަންޑްރައިޒިން އިވެންޓެއް ބޭއްވުމަށް ހަމަޖައްސާފައެވެ.

އާބްންކޯއިން އެދެނީ ވީހާވެސް ގިނަ ބަޔަކު މި އިވެންޓުތަކުގައި ބައިވެރިވެ، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެ މީހަކަށް ވީ ވަރަކުން އެހީތެރިވެދިނުމެވެ.