މާލޭގައި އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް އަނެއްކާ ވެސް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން ތުހުމަތު ކުރާގޮތުގައި އަންހެން މީހާ، ފިރިހެން މީހާއަށް ތޫނު އެއްޗަކުން ހަމަލާދިފައިވަނީ ކަލާފާނު ސްކޫލު ކައިރިންނެވެ.

ފުލުުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އިއްޔެ އަންހެނަކު ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހަށް ރިޕޯޓު ކޮށްފައިވާއިރު މީގެ ތިން ހަފުތާ ކުރިން ވެސް ފުލުހުން ވަނީ އަންހެނަކު ފިރިހެނެއްގެ ގަޔަށް ވަޅި ޖެހި މައްސަލައެއް ތަހުގީގު ކުރަން ފަށައިފައެވެ.

އެ ހާދިސާގައި ހައްޔަރު ކުރި ޒުވާން އަންހެނަކު އަދިވެސް ހުރީ ޖަލު ބަންދުގައެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް ވަނީ އޭޑީކޭއިން ފަރުވާ ދީފައެވެ.