25 Oct 2023, 10:38
އަޔާދީ ތަކަފުލްއިން ފޯރު ކޮށްދޭ ހޯމް ކޮންތެންޓް ތަކާފުލް ޚިޔާރު ކޮށްގެން 50 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު އެލައިޑް އިންޝުރެންސުން ހުޅުވާލައިފިއެވެ.
އެލައިޑުން ބުނީ މި ޕްލޭނަށް އެލައިޑްގެ އެޕްލިކޭޝަން އަދި އެލައިޑްގެ ޕޯޓަލް މެދުވެރިކޮށް ވެސް އެޕްލައި ކޮށްލެވޭނެ ކަމަށެވެ.
އެލައިޑް އިންޝުރެންސްގެ ޕޯޓަލް މެދުވެރިކޮށް ހޯމް ކޮންޓެންޓް ތަކަފުލްއަށް އެދުމަށް އެންމެ ފުރަތަމަ ނަމާއި އެޑްރެސް އަދި ރަށް އިނގޭގޮތަށް މައުލޫމާތު ފުރިހަމަ ކުރުމަށް އެލައިޑުން ބުނެފައިވެއެވެ. އަދި, އެއަށް ފަހު އެ ޕްލޭންގެ ދަށުން ނަގަން ބޭނުންވާ ސާމާނުގެ މައުލޫމާތު ޕޯޓަލްއަށް ލަމުން ދިއުމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ގޮތަށް ޕޯޓަލްގައި ހިމަނާއިރު އެ މުދަލެއްގެ ފޮޓޯ އަދި އަގު ހިމަނަން ޖެހޭނެ ކަމަށް އެލައިޑުން ބުނެއެވެ. އެގޮތުން ފޮޓީ އަދި އަގު ޕޯޓަލްއަށް އަޕްލޯޑު ކުރުމުން، މި ޕްލޭނަށް ދައްކަން ޖެހޭ އަދަދު ފެންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި, އަގު ޖަހާއިރު އެ މުދަލެއްގެ އަސްލު އަގު ޖެހުމަށް އެލައިޑުން ވަނީ އިލްތިމާސް ކޮށްފައެވެ.
މުދަލުގެ ތަފްސީލު ޕޯޓަލްގައި ހިމެނުމަށް ފަހު އެންމެ ފަހު ކަމެއްގެ ގޮތުގައި އެ މީހެއްގެ 'ޕާސަނަލް އިންފޮމޭޝަން' ހިމަނަން ޖެހޭނެ ކަމަށް އޭނާ ބުނެއެވެ. އެގޮތުން ވެރިފަރާތުގެ ނަމާއި، އައިޑީ ކާޑާއި، އީމެއިލް އަދި އެ މީހެއްގެ އެޑްރެސް ފަދަ މައުލޫމާތާއި، ބޭންކް ޑީޓެއިލް ވެސް ހިމަނަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެލައިޑުން ބުނީ އަޔާދީގެ ހޯމް ކޮންޓެންޓު މެދުވެރިކޮށް އަމިއްލަ މުދަލާއި، ގޭތެރޭގެ ސާމާނުގެ ރައްކާތެރިކަން ކަށަވަރުކޮށްލަން މިހާރު ވަރަށް ފަސޭހަވާނެ ކަމަށެވެ. އަމިއްލަ ގޭ، އަދި ކުއްޔަށް އުޅުނު ނަމަވެސް މި ހޯމް ކޮންޓެންޓު ޕްލޭންގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޕްލޭން ކުރިއަށް ދާ ވަގުތެއްގައި ގެ ބަދަލުވާނަމަ އެކަން އަޔާދީ ތަކަފުލްއަށް އަންގަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އަޔާދީ ތަކަފުލްގެ މި ހޯމް ކޮންޓެންޓް ޕްލޭނުން މުދަލެއް ވަގަށް ނެގުން، އަލިފާނުގެ ހާދިސާއެއް ނުވަތަ ގުދުރަތީ ކާރިސާއެއްގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކަށް ބަދަލު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި، މި ޕްލޭނަށް ކަސްތަމަރުން އަހަރަކު މަދުވެގެން ދައްކަން ޖެހޭނީ އެންމެ -/200 ކަމަށް އެ ކުންފުނިން ބުނެއެވެ.
އެލައިޑުން ބުނީ މި ހޯމް ކޮންޓެންޓް ތަކަފުލް ޕްލޭނަކީ މިހާރު އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް، އެލައިޑް އިންޝުރެންސްގެ އެޕް ނުވަތަ އެ ކަމަށް ޚާއްސަ ކުރެވިފައިވާޕޯޓަލްމެދުވެރިކޮށް އެންމެ ފުރަތަމަ ހޯމް ކޮންޓެންޓް ޕްލޭނެއް ގަންނަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއަށް ފަހު، އެ ޕޯސްޓް ޓެގުކޮށް ޝެއާ ކުރަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ޕްލޭންގެ ދަށުން ވަރަށް ގިނަ އަދަދެއްގެ ގޭގައި ބޭނުން ކުރާ ސާމާނު ހިމެނޭ ކަމަށް ވެސް އެލައިޑުން ވަނީ ބުނެފައެވެ.
އެގޮތުން އެއާ ކޮންޑިޝަން، އަވަން، ބެޑްރޫމްސެޓު، ގޭމިން ކޮންސޯލްސް، ސޯފާ ވެކިއުމްގެ އިތުރުން ބަދިގޭ ހުޑު، އަދި ގޭތެރޭގަިއ އަޅާ ފަދަ ފައިފުހި ފަދަ ސާމާނު ހިމެނޭ ކަމަށް އެލައިޑުން ބުނެއެވެ.
އެލައިޑުން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ މަހު 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.