16 May 2012, 14:30
ޕީޕީއެމްގެ ޓިކެޓްގައި ތ. އޮމަދޫ ރަށުކައުން ސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ޕާޓިން ބުނެފައިވަނީ އޮމަދޫ ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ވާދަކުރަން ބޭނުންވާ އެ ޕާޓީގެ ފަރާތްތަކުން މިއަދުން ފެށިގެން މި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ޕީޕިއެމުން ބުނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ފަރާތުން އެރަށުގައި ބާއްވާ ޕްރައިމަރީއަކަށް ފަހުގައި ކަމަށެވެ.
އޮމަދޫ ކައުންސިލް ގޮނޑިއެއް ހުސްވެފައި ވަނީ އެ ގޮނޑީގައި ކުރިން އިންނެވި އަބްދުﷲ ޒުހުރީ ކައުންސިލް މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކައުންސިލުގައި މިވަގުތު ތިއްބެވީ އެމްޑީޕީ އަށް ނިސްބަތްވެޑައިގަންނަވާ ދެ ކައުންސިލް މެބްބަރުންނާއި އަމިއްލަ މެންބަރެކެވެ.
އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.