ދިވެހި ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމަށް ހުއްދައަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ މި މަހުގެ 31 ވަނަ ދުވަސްވާ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ

މީގެ އިތުރަށް އެ މިނިސްޓްރިން ބުނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ހަދާފައިވާ އުސޫލުގެ ފަސް ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަ ވުމުން ކަމަށެވެ.

ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ފޮތް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އަދި މި ޕްރޮޕޯޒަލްތައް ހުށަހަޅާއިރު ހުށަހަޅަންވާނީ ސިޓީއުރައަކަށްލައި ބޭރުގައި "ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮޕޯސަލްތައް މިމަހުގެ 31 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ހުރިހާ ދުވަހެއްގައިވެސް، ހެންދުނު 9:00 އިން ފެށިގެން 13:00 އާ ހަމައަށް މިނިސްޓްރީގެ ކައުންޓަރުން ބަލައިގަންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.