24 Oct 2023, 12:58
ދިރާގުގެ 35 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް، ލޯންޗުކުރި މުޅިން އާ ޕްރޮމޯޝަނަކާއެކު ދިރާގު ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް M30 އިން މަތީގެ ޕެކޭޖްއަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށެވެ.
އަދި ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އަންނަ އަހަރުގެ ޖެނަވަރީ މަހުގެ ކުރިން ހުރިހާ ކަސްޓަމަރުންވެސް ރެޖިސްޓާ ކުރަންޖެހޭނެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ޕޯސްޓް ޕެއިޑް ޕްރީޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑްގެ ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ.
ދިރާގުގެ މި ހިދުމަތް މިހާރު ބޭނުން ނުކުރާ ކަސްޓަމަރުންނަށް ވެސް ޕޯސްޓް ޕެއިޑް ޕްރީޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތެއް ހިޔާރުކުރުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށް ދިރާގުން ފާހަގަކުރިއެވެ.

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: އާއިޝް އަޝްރަފް
ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުޙައްމަދު މިރްޝާން ހަސަން ވިދާޅުވީ މި އަންނަ މަހުގެ 30ގެ ކުރިން މި ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުން ޑަބަލް އެންޓްރީ އެއްގެ ގޮތުގައި ބެލިގެންދާނެ ކަމަށާއި، އެއީ ކާރު ހޯދުމަށް ލިބިގެންދާނެ ދެގުނަ ފުރުސަތެއް ކަމަށެވެ.
ޓެސްލާ ބްރޭންޑްގެ މި ކާރަރަކީ ތިމާވެއްޓާއި އެކުވެރި، އެންމެ ޒަމާނީ އިލެކްޓްރިކް ކާރެކެވެ. މީގެއިތުރުން، މި ކާރުގައި ތަފާތު އައު ސިފަތަށް އެކުލެވިގެން ވާކަމަށާއި މިއީ ޓެކްނޮލޮޖީގެ އެންމެ ފުރިހަމަ މިސާލެއްގެ ގޮތުގައި ބަލައިގަނެވޭނެ ކާރެއްގެ ގޮތުގައި ވާނެކަމަށް އެ ކުންފުނިން ބުނިއެވެ.
ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެ ކުންފުނިން އަންނަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ދާއިރާ ރާއްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.