24 Oct 2023, 12:25
އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާއި ގުޅިގެން ވޯލްޑް އޮފް ޓުމޯރޯއިން ވިލާ ނޯޓިކާގައި ބާއްވާ ފުރަތަމަ އިވެންޓް ސީރީޒްގެ އިފްތިތާހީ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ތަފާތު ފަންތީގެ ޕްރޮފެޝަނަލުންނަށް އަމާޒުކޮށްގެން މި އިވެންޓް ކުރިއަށް ގެންދިޔައީ ދުނިޔޭގައި ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތަކަށް ހާއްސަކޮށްގެންނެވެ.
މި އިވެންޓްގައި ޖުމްލަ 212 މީހުން ބައިވެރިވިއިރު ކޯޗިންއާ ގުޅޭ ތަފާތު އެކި މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.
ބައިވެރިންގެ ފަރާތުންވެސް އެނގުނުގޮތުގައި އައިސީއެފްގެ ނައިބު ރައީސް ރޮބަޓް ގާސިއާ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޮގަނައިޒޭޝަންސް" ގެ ނަމުގައި ލީޑް ކުރެއްވި މާސްޓަކްލާސް ހިންގާފައިވަނީ ވަރަށް ޝައުގުވެރި ގޮތަކަށެވެ. މި މާސްޓަކްލާސްގައި ލެކްޗަރާއިންނާއި ބައިވެރިން އެކުގައި މަޝްވަރާކޮށް ވާހަކަ ދެއްކުމުގެ ފުރުސަތުތައް ލިބުނެވެ.
މި މާސްޓަކްލާސްއިން ލިބުނު ތަޖުރިބާގެ އަލީގައި ގިނަ ބައިވެރިންނަށް ކުންފުނީގެ މާހައުލުގައި ކޯޗިން ތަޢާރަފް ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދިޔައެވެ.
މި އިވެންޓުގައި ކުރިއަށް ގެންދިޔަ ނެޓްވޯކިން ސެޝަންގައި ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި އެކި ސިނާއަތްތައް ތަމްސީލުކުރާ ޕްރޮފެޝަނަލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
މި އިވެންޓަށް ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބުން މާދަމާގެ ލީޑަރުން ބައްޓަން ކުރުމަށް އެންމެ ޒަމާނީ ޢިލްމާއި އިނޮވޭޝަން ފޯރުކޮށްދިނުމުގެ އަޒުމް ވަނީ އިތުރަށް ވަރުގަދަވެފައި ކަމަށް ވޯލްޑް އޮފް ޓޫމޯރޯއިން ބުންޏެވެ.