26 Oct 2023, 11:12
"ޣައްޒާގެ ކުދިން މަރުވުމުން ވަކިކުރަން އެނގޭނެހެން އަތުގައި ނަން ލިޔަމުންދާތަން ސޯޝަލްމީޑިއާއިން ފެންނަމުން ދެއެވެ.މަރަށް ތައްޔާރުވެގެން ތިބެން ޖެހެނީ ޣައްޒާގެ އަހުލުވެރިން އެކަންޏެއް ނޫނެވެ. ކޮންމެ ވަގުތަކުވެސް މަރު ތިބާއާއި ބައްދަލުކޮށްފާނެއެވެ. ތައުބާވެ ފާފަ ފުއްސެވުމަށް ގިނަގިނައިން ދުޢާކޮށް އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާށެވެ. ހެޔޮ އަމަލުތައް ގިނަ ކުރާށެވެ. ޣައްޒާގެ ހާލަތަށް ބަލައިލުމުން ފެންނަނީ ތަފާތު މަންޒަރެކެވެ. އެތަނުގައި ތިބުމުން ނޫނީ ޣައްޒާގެ އަހުލުވެރިންގެ ހާލަތު އެންމެ ރަގަޅަށް އިހުސާސެއް ނުކުރެވޭނެއެވެ. ސުންނާފަތިކުރެވިފައިވާ އިމާރާތްތަކެވެ. ޝަހީދުވަމުންދާ އެތައް ބަޔެކެވެ. ޝަހީދުވުމުގެ ނަސީބު ކޮންމެ ކޮންމެ މީހަކަށް ނުލިބި ހިނގައިދާނެއެވެ. މާތްﷲގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް އެހީތެރިވުމަކީވެސް ހަގުރާމައިގާ ބައިވެރިވުމެވެ."
***
މަށަށް މާތް ރަސްކަލާނގެ ދެއްވި މަންމަހާ މާތް ރަގަޅު އަންހެނެއް ދުނިޔޭގައި ނުހުންނާނެ. އާންޔާއާއި އަޅައިގަނެގެންނޭ އަބަދު ކިޔާއިރު ހެއްކެއް ދައްކަބަލަ. މަންމައެއްގެ ހައިސިއްޔަތުން ތިހެން ބުނަން މަންމައަށް ކެރޭތީ ޝުކުރު........" އޮމަރު މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ.
އޮމަރުއާއި އޭނަގެ މަންމަގެ އޮންނަ ގުޅުން ގިނަފަހަރު ކޮއްކޮމެނަށްވެސް ރޭކާނުލައެވެ. ސަބަބަކީ އެންމެންގެ ކުރިމަތީގައި ދެމީހުންވެސް ހަގީގަތް ފޮރުވަން މަސައްކަތްކުރާތީއެވެ.
އެންމެންގެ ކުރިމަތީގައި ކޮންމެ އިންސާނަކުވެސް ދައްކާނީ ގިނަފަހަރު ތިމާގެ ހުންނަ ރަގަޅު ސިފަތަކެވެ. ފުރާނައިގެ ކަޅުކަމާއި ޝައިތާނީކަން އޮންނަނީ ފޮރުވިފައެވެ.
"ސާކޭސްޓިކްކޮށް ތިމާގެ މަންމައާއި ވާހަކަދައްކާ އެއްވެސް ގަދަރެއްނުކުރާއިރު ތިމާ މާ ރަގަޅު މީހަކަށްވެ މިސްކިތަށް އަރާ. ފުރަތަމަ ވިހޭ މައިމީހާއަށް އިހުތިރާމް ކުރަން ދަސްކުރަންވީނު............." އަންދަލާ ހިތްހަމަނުޖެހުމާއެކު މޫނު ހަދައިގެން ހުރެފައި ކާރުގެ ދޮރު ބަންލާފައި ޖެހުމަށްފަހު ހިނގައިގަތީ ކުދި ކިޔަމުންނެވެ.
އޮމަރުވެސް ކާރުގެ ހުންގާނު މަތީ އަތުން ޖަހައިލުމަށްފަހު ވޫސްލާފައި ކާރުގެ ސްޕީޑް ބާރުކޮށްލިގޮތަށް މަޑުކޮށްލީ ތަންކޮޅެއް އެކަހެރި ހިސާބެއްގައެވެ. ބޯމަތިން ކަހަލަ ގޮތަކަށް ރަންވޭގައި ޖައްސަން ދިޔަ ގަތަރު އެއާވޭސްގެ ފްލައިޓަކަށް ބަލަހައްޓައިގެން އިނދެވުނެވެ. ޕައިލެޓުންނަކީ ޒިންމާދާރު ވަޒީފާއެއްގައި ތިބޭ މީހުންގެ ގަދަރާއި އިހުތިރާމް ލިބި އެތައް ބަޔެއްގެ ފުރާނަ އަތްމައްޗަށް ލައިގެން ތިބޭ ބަޔެކެވެ. އޭނަވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެންމެންގެ ކުރިމަތީގައި އޭނައަކީ މާތް އިންސާނެކެވެ. ފަރުދާގެ ފަހަތުގައި ނުލަފާ ޝައިތާނެކެވެ. މަންމަ އޭނައާއި ދިމާލަށް ޝައިތޯން އިބުލީސް ފަދަ ނަމަކުން ނޫންގޮތަކަށް ގޮވާނީ މީހުންގެ ކުރިމަތީގައެވެ. އޭނައަށްވެސް ދަސްވީ އެގޮތެވެ. އަންހެނުންނަށްޓަކާ ހިތުގައި ނަފްރަތުގެ އޮށް ވަޅުލާން ދަސްވީ އޭނަ ދުނިޔެއަށް އައުމަށް މެދުވެރިވި އޭނަގެ މަންމައެވެ. މަންމައިންނާއިމެދު އެންމެންގެ ހިތްތަކުގައި އެހާ މަތިވެރި ދަރަޖައެއްދެވި ލޯތްބާއި ކުލުނާއި މަގާމުން ހިތްތަށް ފުރިފައިވާއިރު އެފަދަ ނަސީބެއް އޭނައަށް ނުލެއްވިއެވެ. އެއީ ސިކުނޑީގައި ޖެހިފައިވާ ސުވާލު މާކެކެވެ. މަންމަ އޭނަދެކެ ނަފްރަތުކުރަން އޭނައަށް ކުރެވުނީ ކޮން ކުށެއްތޯއެވެ.
***
ވަލީމާގެ ހަލަބޮލިކަމަށްފަހު ގެއަށް ހިމޭންކަން ވެރިވަމުން އައިއިރު ކޮންމެވެސް ވަރަކަށް ވާރޭ ކަނިޖަހަންފެށިއެވެ. ބެލްކަނީގެ ގޮނޑިއެއްގައި ކޮފީއެއް ހިފައިގެން ގޮސް ޖައްސައިލި އަރްސަމްގެ ނަޒަރު މާދުރަށް ހުސްކަމުގެ ތެރެއަށް ހުއްޓިފައިވާއިރު ފަހަތުން މީހަކު އައިސް ގާތުގައި ހުއްޓުނުކަމެއްވެސް ނޭގުނެވެ.
"ދޮންބެ..."ރަޖްވާގެ މަޑުމަޑު އަޑު ކަންފަތުގައި ޖެހުނެވެ.
އަރްސަމް އިންގޮތަށް އިނދެ މޫނު އަނބުރާލަމުން ބުމަ އަރުވައިލިއެވެ. މިހާ ދުވަސްވީއިރުވެސް އަރްސަމްއަށް ރަޖްވާއާއި ވާހަކަދައްކައިލާނެ ހިތްވަރެއް ނުލިބެއެވެ.
"މަންމަ އުޅުނު ދޮންބެ ނުފެނިގެން.."ރަޖްވާ ހުއްޓުނީ ބެލްކަނީގައި އަތް ޖައްސާލައިގެންނެވެ.
"ކީއްކުރަން؟"
"ނޭގޭ...އަޅާނުލާ ސުވާލަށް ޖަވާބު ނުދީ ދުރަށް ދިޔައީ....މަންމައާއި އަނގައިން ބުނާކަށް ބޭނުމެއްނޫން. އެކަމަކު މިރޭ ވަރަށް އުފާވި އާންޔާއާއި މީޓްވީމަ.."ރަޖްވާ ފުން ނޭވާއެއްލިއެވެ. ވަޔާއެކު ވިއްސައިގެން އައި ވާރޭގެ ތިކިތަކެއް އޭނަގެ މޫނުގައި ބޮސްދިނެވެ.
އަރްސަމް ޖަވާބެއް ނުދިނެވެ.
"އައި ނޯ...އައި ކެން އަންޑަސްޓޭންޑް ދޮންބެގެ ލައިފް ދުވަހަކުވެސް ސޭމް ނުވާނެކަން.......ވިތްއައުޓް ދެމް.....އެކަމަކު ދޮންބެ ކެތްކުރަން ޖެހޭނެ. ފަސޭހައެއްނުވާނެ. ކްރައިން އިޒް އޯކޭ އެކަމަކު އެކަނި އިނދެ ހިތާމަ ނުކުރައްޗޭ. އޭރުން ލައިފްގެ މަގުސަދު އޮޅިދާނެ. ދުނިޔެއަށް ފޮނުއްވީ އިމްތިހާނަކަށް. ރަސޫލުބޭކަލުންނަށް އެންމެ ބޮޑު އިމްތިހާނުތައް ކުރިމަތިވީ.ﷲ ތައާލާ އެންމެ ލޯބިވާ އަޅުތަކުންނަށް އެންމެ ބޮޑެތި އިމްތިހާނުތައް ކުރިމަތިވާނީ. ދުނިޔެއަށް ފޮނުއްވީ އަޅުކަން ކުރަން. ކެތްތެރިވާން. ކޮންމެ ހިތްދަތި ވަގުތެއްގައިވެސް ﷲއަށް ހަމްދުކޮށްފައި حسبنا الله ونعم الوكيل ކިޔާފައި ހަމަ ކުރިއަށްދާންވަނީ..."ރަޖްވާ އެންމެފަހުން ބެލި ދަރުސް މަތިން ހަނދާންކޮށްފައި ކިޔާދިނެވެ.
***
ޒަހްރާ އޭނަގެ ހުރިހާ ދަރިންނާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެކަކުވެސް އަޅާނުލިއެވެ. ކިރިޔާވެސް އަނގައިން ބުނީ ޖޫދުއެވެ. އެންމެ ދެރަވީ އަންހެންދަރިފުޅަށް ގޮވާލާފައި ސުވާލެއް ކުރުމުންވެސް އަޑުއިވުނުކަމަށް ނަހަދާ ފަސްދިނީތީއެވެ.
ގޭތެރެ ހިމޭންވުމުން މަޑުމަޑުން ބޯވަމުންދިޔަ ވާރޭގެ ނާނާއެއްފަދަ އަޑުން އެންމެން ނިދީގެ އުނގުގެ ހިމާޔަތަށް ގެންދަމުން ދިޔައިރު ޒަހްރާ އިނީ ފެންޑާގެ ގޮނޑިއެއްގައި ފޮތެއް ހިފައިގެންނެވެ. ކޮފީ ތަރުމޯޒު އެހުރިގޮތަށް މޭޒުމަތީގައި އަތް ނުލާ ހުއްޓެވެ. ފަނޑު އަލީގައި އަކުރުތައް އެންމެ ރަގަޅަށް ނުފެނުނަސް އޭނަ ފޮތުގެ ގަނޑުތައް އުކަމުން ދިޔައެވެ. އެހެން އިންދާ ލޮލުގެ އެސްފިޔަތައް ބަރުވަމުންގޮސް ސޯފާގެ އަތްގަނޑުގައި ބޯ އަޅައިލެވުނުތަނާހެން ސިހިފައި ތެދުވެވުނީ މީހެއްގެ ސޫރަވީހެން ހީވެފައެވެ. ބިރުވެރިކަން ހިތުގައި ހިނގައިގަތުމާއެކު ފުންމައިގެން ތެދުވެވިއްޖެއެވެ.
"އޮމަރު............."ފަނޑު އަލިކަމުގެ ތެރެއިން ވިދައިލި ވިދުވަރުގެ އަލި އެޅުމާއެކު ކާކުކަން ދެނެގަނެވި ޒަހްރާގެ ހިތަށް ހަމަޖެހުމެއްލިބުނެވެ. ވަގެއް ނޫނީ ގާތިލެއް ނޫންކަން އެނގުމުން ގަނެފައިވާ ބިރު ފިލައިގެންގޮސް ހިނިތުންވެލެވުނެވެ.
"ވާރެޔާއި ތެމިލައިގެން ތިއައީ.....ރޯގާ ޖެހިދާނެއްނު...."
"އެއީ އެވަރުކަމެއްނޫން. އާންޔާމެން ގެއަށް ލާފައި މިއައީ..."އޮމަރު އިސްތަށިގަނޑުން ފެން ފޮޅައިލުމަށްފަހު ދުރަށް ދާން ހިނގައިގަތެވެ. މީހުން ހައްދައިލަން އެންމެންވެސް ނިކަން ކުޅަދާނަވާނެއެވެ. ކުރިމަތީގައި ދައްކާނީ އޯގާތެރިކަމާއި ކުލުނެވެ. ރޯގާ ޖެހިދާނެއޭ ބުނާއިރު އޭނަ މަރުވިޔަސް މި އަންހެނާގެ ހިތަށް އެއްޗެއް އަރާނީއެއްވެސް ނޫނެވެ. އޮމަރު ތަންކޮޅަކަށް ހިނގާލާފައި އަނބުރާލާފައި އައެވެ.
"ވަރަށް ފިނިވެފައި މިހިރީ. ކޮފީތަށްޓެއް ލިބިދާނެތޯ؟"
"ޔަގީން..."އަންދަލާ ކޮފީތަށި ދިނުމުން އޮމަރު މަގު ހިފައިގެން މަތީބަޔަށް ދާން ހިނގައިގަތީ ޝުކުރު އަދާކުރުމެއް ނެތިއެވެ.
***
ސަފާޔާ އަށް އޮތީ ނިދިފައެވެ. އޮމަރު ފޫހި ނަޒަރަކުން ސަފާޔާގެ މޫނަށް ބަލައިލުމަށްފަހު ޗޮކެއް ކަނޑައިލިއެވެ. ކޮފީ ތަށި ހިފައިގެންގޮސް ކައުޗްގައި އަރާމުގޮތަކަށް އިށީދެ ކުޑަ ރަޖާ ގަނޑުން ފައި ނިވާކޮށްލައިފިއެވެ." މި ސަފާޔާއަކީވެސް ހާދަ ނުލަފާ ކުއްޖެކޭ..ދެމީހުންވެސް މަށަށް ކެހިދޭންވެގެން ރޭވީ. އަދި ހުރިހާ ކަމެއް ނިންމާފައި އެވާހަކަ ބުނެ މަށަށް މަޖުބޫރުވެގެން ކައިވެނި ކުރުމަކީވެސް ސަފާޔާގެ ތެދުވެރިކަން ހާމަކުރާކަމެއްވެސް ނޫން.މިވެސް ހަމަ އިބުލީހުގެ އަންހެންވައްތަރު. މިއިން އަންހެނަކު ރަގަޅެއްނުވާނެ...ޝީޑެވިލްއެއް....ރީތި ސިފައެއްގައި ހުއްޓަސް މިއިން އަންހެނަކު ރަގަޅެއްނުވާނެ..."
އޮމަރު ބޮކި ނިވާލުމަށްފަހު ސޯފާގައި ހަށިގަނޑު ދަމާލައިގެން ނިތްމަތީގައި އަތް ބާއްވައިގެން އޮތްވާ މަޑުމަޑުން ލޯމެރެމުންގޮސް ފުން ނިންޖަކަށް ގެނބުނެވެ.
***
ސަފާޔާ ހޭލެވިގެން ގަޑި ބަލައިލުމާއެކު ނުވައެއްޖަހާ ބޮޑުވިކަން އެނގުމުން ހައިރާންކަމެއް ލިބުނެވެ. އޮމަރު ކޮފީ ބޮއިފާ ހުރި މަގު ބިއްލޫރި މޭޒުމަތީގައި ހުރިއިރު އޮމަރު ކޮޓަރިއަށް ވަންކަމުގެ އިތުރު އެއްވެސް ނިޝާނެއް ނުފެނުނެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލާ ހަދައިގެން ގަޔަށް ފަސޭހަ ޓީޝާޓަކާއި ޖިންސެއް ލުމަށްފަހު ސްކާފަކުން އިސްތަށިގަނޑު ފޮރުވާލިތަނާ ރަޖްވާގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުނެވެ. އެ އަޑު އަންނަނީ ކާބަޔާއި ދިމާލުންނެވެ. އޮމަރުއާއި ރަޖްވާ އެކީގައި ޖޫހާއި ޕިއްޒާކާން ތިބިތަން ފެނުމުން ސަފާޔާގެ އަނގަޔަށް ގޮތެއް ހަދައިލެވުނެވެ.
"އޮމަރުގެ ރީތިކަން ފެނުނީމަ ރަޖްވާވެސް ހިތް ކީކަން ޔަގީން. ނިގާބީއަކު އޮމަރުއާއި އެދުވަހުވެސް ސަލާމްކޮށްފައި ވާހަކަދައްކަން ފެށީމަ ހިތަށް އެރިއޭ...މިހާރު ޔަގީންމިވީ....އަހަރެން ރައްޓެހިވާ ކޮންމެ މީހަކާއި ރަޖްވާ ހިތާވާން އެބަޖެހޭ.....ކިހާ ދެރަކަމެއް.."ސަފާޔާގެ ހިތުގައި ނުރުހުމާއި ހިތްހަމަނުޖެހުމުގެ އޮއިވަރެއް ދަތުރުކުރިއެވެ.
"އައްސަލާމް އަލައިކުމް.."ސަފާޔާ ދެއްކުންތެރި ހިނިތުންވުމެއް ތުންފަތަށް ވެރިކުރިނަމަވެސް ހިތް ކިލަބުވެއްޖެއެވެ.
ރަޖްވާ ސަލާމުގެ ޖަވާބު ދިނަސް އޮމަރުގެ ނަޒަރު ހުއްޓިފައިވަނީ ރަޖްވާއަށެވެ. ނިގާބުގައި އިނަސް އޭނައިނީ އެ ރީތި ލޯ ފެންނާނެހެން ވިއްޔާއެވެ.
"ޕްލީޒް ރަޖްވާ..އަހަންނަށް ތިހެން ނަހަދާ..............ދިސް އިޒް ޓޫ މަޗް.." ސަފާޔާ ހިތާ ހިތުން ހަޅޭއްލަވައިގަތެވެ.
"އާދޭ ޕިއްޒާކާން. ސަފާ ނިދާފައި އޮތްލެއް އަރާމުކަމުން ގޮވައިލަން ނުކެރުނީ. ރޭކިހާ ޓަޔަޑްވާނެ...އަދި މިރޭ ޕާޓީ..." ރަޖްވާ ޕިއްޒާ ފޮތްޗެއް ދިއްކޮށްލިއެވެ. ސަފާޔާގެ މޫނަށް އޮމަރު އެންމެ ފަހަރަކުވެސް ނަޒަރު ހުއްޓާނުލިތާގައި ގިނައިރު ހީހީފައި ވާހަކަދައްކަނީ ރަޖްވާއާއެވެ. ސަފާޔާ ދެރަވެ ރުޅިވެސް އައެވެ. އޮމަރު ގަސްތުގައި އޭނަ ނުފެންނަ ކަމަށް ހަދާލާފައި އިނދެ ރަޖްވާއާއި ވާހަކަދެއްކުމުގެ މާނައަކީ ކޮބާހެއްޔެވެ؟ ރަޖްވާވެސް އެ ސުވާލަށް ޖަވާބުދޭން އެބަޖެހޭ ނޫންހެއްޔެވެ؟
އޮމަރު ތަނަކަށް ދާން ޖެހިއްޖެއޭ ކިޔާފައި ނުކުމެގެން ދިޔުމުން ސަފާޔާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ރުޅި މައިތިރިކުރަން ފުން ދެތިން ނޭވާ ދޫކޮށްލިއެވެ.
"ރަޖްވާ...ހާދަ ވަރަކަށް އޭނައާއި ފްރެންޑް ތިވީ؟ މިއީ ހުއްދަ ކަމެއްތަ؟ ދީނުގައި...................."
"އޮމަރު ވާހަކަދެއްކީމަ ނުކެރުނީ..."ރަޖްވާ ކުއްލިއަކަށް މޫނުގައި އަތްތިލަ ޖައްސައިލިއެވެ." ދެން ދުރުންއުޅޭނީ. އައިމް ސޮރީ......"
"ނިގާބު އެޅިޔަސް އަދި އޭގެ މާނައަކީ އީމާންތެރިކަން އެހާ ގަދަވުމެއްނޫން ދޯ......"ސަފާޔާ ހީލިއެވެ.
"އާނ މަގޭވެސް އީމާން ހަމަ ދަށްވެފައި ބައެއްދުވަސްދުވަހު ރަގަޅަށް ދޭ. އިންސާނުންވިއްޔާ ފާފަވެސް ކުރެވޭނެ އެހެންވެ އަބަދު ތައުބާވާން އޮންނަނީ..."ރަޖްވާގެ ވާހަކަ ހުރީ އަމިއްލަ ނަފުސް ދިފާއުކުރާފަދަ ގޮތަކަށެވެ.
"ބައެއް ކުދިން ގެ އީމާންކަން ފުދޭވަރަކަށް ވަރުގަދަ. ހަމަ ފާފަތަކާއި ދުރުވެ ފިރިހެންކުއްޖަކާއި ދިމާލަށް ބަލާނުލާ ކުދިންވެސް ހަމައުޅޭ. އަހަރެން ދަންނަން ގާލްއެއް....ބަރަކާ..ވަރަށް އަޅުވެރި..އެކުއްޖާ ހަމަ އެއްވެސް ފާފަައަކަށް އަނެއްހެން އަރައިނުގަނެވޭތޯ މަސައްކަތްކުރޭ....ބެކްބައިޓިންފަދަ ކަންތައްވެސް އެވޮއިޑްކުރޭ.. އެހެން މީހެއްގެ ވާހަކަދައްކަންވެސް އެކުއްޖާ ބޭނުމެއްނުވޭ." ސަފާޔާގެ ތައުރީފު އޮހުނެވެ.
"ހްމްމް... އައިމް ނަތިން ލައިކް ހާރ..."ރަޖްވާ ކަންބޮޑުވިއެވެ.
"ޖާރިދް ނުގުޅާތަ؟" ސަފާޔާ ކުރީ އެހެން ސުވާލެކެވެ.
"ސަފާއަށް ޖާރިދްގެ ވާހަކަ ކިޔާދިނީމަ އަދިވެސް ތި ސުވާލުކުރަނީ..ޕްލީޒް އެވާހަކަ ނުދައްކަފާނަންތަ؟"
"އޯލްރައިޓް..."
" މިހާރު ސްޓޯރީ ކިހާ ހިސާބެއްގައި އޮތީ؟"
"ވާހަކައަށްވުރެ އިސްކަން މިދެނީ ހަމަ ފްލައިކުރަން...އޮމަރު ޕައިލެޓަކަށް ވީމަ ހަމަ ކެބިންކްރޫއެއްގެ ގޮތުގައި މަސައްކަތްކުރެވިދާނެ ދޯ...އޭރުން އެކީގައި ޑިއުޓީ އަދި ގޭގައިވެސް އެކީ އުޅެވޭނެ.."ސަފާޔާ ރަޖްވާގެ ލޮލުން އެއްވެސް އަސަރެއް ފެނޭތޯ ފަރުވާތެރިވެ ބަލަން އިނެވެ. ކޮންމެވެސް ވަރަކަށް ސިހި ހާސްކަމެއް ފެނުނެވެ.
"އޮމަރު އޯކޭވާނެތަ؟ ރިލިޖަސް މީހެއްނު.."
"އޭނަ އޯކޭ ވީމަ ދޯ މަ މިހެން ބުނާނީ.."ސަފާޔާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"އޯކޭ...."ރަޖްވާއަށް އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ސަފާޔާ މިހާ ބޮޑަށް ހިތްހަމަނުޖެހިގެން އުޅޭ ސަބަބަކީ ކޮބާހެއްޔެވެ؟
***
ހާލާއަށްވެސް އޮމަރު ފެނުމާއެކު ހުރިހާ ދަތްތައް ފެންނަވަރަށް ހީލީ ހަމަ ބޮޑުދައިތައެއް ފަދައިންނެވެ. ހާލު އަހައިލިއެވެ. އޭނަގެ މަންމަވެސް މަތި އޮމާންކުރަން މީހުންގެ ކުރިމަތީގައި ހުންނާނީ އެ ޕްލާސްޓިކް ހިނިތުންވުމުގައެވެ.
"މިއީ އަދި ސަފާގެ ފެމިލީއެއްވެސް ނޫން. މިގޭގައި މިތިބޭ އަންދަލާގެ އުމުރުގެ ދެމުސްކުޅިން މަ ފެންނައިރަށް އުޅޭގޮތުން ބޮލަށް އުދަގޫވޭ...މަށާއި ހިތާވެގެން އުޅޭ ބަޔެއްތަ؟ "އޮމަރުގެ ހިތް ނަފްރަތާއި ރުޅިވެރިކަމުން ކެކި އަރަނީއެވެ. ހިތުގައިވާ އެއްޗެއް ދުލާއި ހަމަޔަށް ނަޔަސް އެފަދަ ކޮންމެ ވަގުތެއްގައި އޭނަގެ ހިތް ހަޅޭއްލަވައިގަނެއެވެ.
އޮމަރުގެ ހިތް މަލާމާތާއި ރުޅިން ފުރިފައިވިޔަސް އޭނަވެސް ދައްކާނީ އެހެން ކުލަވަރެކެވެ."އަލްހަމްދުލިﷲ............"
"މިއަދު މެންދުރަށް ޕާސްތާ އާއި ޗިކަން ބިރިޔާނި ހަދާފައި ހުރީ. ޕަމްޕްކިން ޕައިވެސް..ސަފާއަށް ފޮނުވިން.."
"ތިއީ އަޅުގަނޑަށް ކަމުދާ އެއްޗެއް ނޫން...."
"ދެރަ...ދެންފަހަރަކުން ތަފާތު އެއްޗެއް ފޮނުވައިލާނަން..އޮމަރުވެސް ދޭތެރެއަކުން މިގެއަށް އަންނަންވާނެ....."ހާލާ ދައުވަތުދިނެވެ."މިހާރު ދެ ފެމިލީ މިއޮތީ ގުޅިފައި.."
"އެއީ ކިހިނެއް؟ ސަފާއަކީ ރަޖްވާގެ ފްރެންޑެއް...ފެމިލީއެއް ނޫނެއްނު.."
"އާންޔާ...އާންޔާއާއި އަރްސަމްގެ ކައިވެނީގެ ވާހަކަ ދެކެވޭތީ މިހެން ބުނީ............................"
"ރަގަޅު ޚިޔާލެއް....އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަގަޅަށް ދާނީ.....ދަނީ."
އޮމަރު މަތީބައިގާ ސަފާޔާ ދިރިއުޅޭ ބަޔަށް ވަންއިރު ސަފާޔާ މޭޒުމަތި ތައްޔާރުކުރަނީއެވެ. މޭޒުމަތީގައި ކާން ހަދާފައި ހުއްޓެވެ. ކުޅުދިޔާވާހާ މީރުވަހެވެ.
"ހެލޯ އޮމަރު............"
"ކޮންފާޑަކަށް ވާހަކަ ތިދައްކަނީ؟ ރީތިކޮށް ސަލާމް ގޮވަން މައިންބަފައިން ދަސްކޮށްނުދެނީތަ؟" އޮމަރު ބުމަ ކައިރިކޮށްލާފައި ބުނި އެއްޗަކުން ސަފާޔާ ހުއްޓުން އެރިއެވެ.
ނުނިމޭ