އާބަންކޯއިން އެ ކުންފުނީގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

އާބަންކޯއިން ބުނީ ކޯލް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރީ އިއްޔެ ކަމަށެވެ.

މިއީ އާބަންކޯއިން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް، ޚިދުމަތް ކުރިއެރުވުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއަހަރު ތެރޭގައި އާބަންކޯއިން ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، އެއްތަނަކުން ފޯރުކޮށް ދިނުގެ ބޭނުމުގައި އާބަން ސެންޓަރެއް ހުޅުވާފައެވެ.

އެ ކުންފުނީގެ މުވައްޒަފުންނަށް ހިލޭ ބޭނުން ކުރެވޭ ގޮތައް މިދިޔަ މަހު ވަނީ ޗައިލްޑް ކެއާ ސްޕޭސްއެއްވެސް ހުޅުވައިފައެވެެ. އަދި މިދިޔަ މަހު ވަނީ އެންމެންނަށް ވެސް ފަސޭހަ ކަމާއެކު ބޭނުން ކުރެވޭ ގޮތަށް އީސްކޫޓަރެއް ތައާރަފު ކޮށްފައެވެ. މިއި ކޮޅަށް ހުރެވޭނެހެން ދުއްވޭނެ، ތިމާވެއްޓާ ރައްޓެހި ގޮތަށް ފަރުމާކޮށްފައިވާ ބެޓެރި ސްކޫޓަރެކެވެ.

View this post on Instagram

A post shared by Urbanco (@hdcmaldives)