23 Oct 2023, 14:07
ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނަބިސްޓްރެފިކިންގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވިފައިނުވާ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
މައްސަލައާގުޅިގެން ހޯދަން އިއުލާނުކޮށްފައިވަނީ ކ. މާލެ / މ. ރިހިވިދުވަރުގެ އަށް ނިސްބަތްވާ އަސްޢަދު ޢަލީއެވެ. އޭނާ އަކީ އުމުރުން 29 އަހަރުގެ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އޭނާ ހޯދަން އިއުލާނުކުރީ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއްގެ ދަށުން ކަމަށެވެ
މި އަންނަ ބުދަ ދުވަހުގެ 14:00 އަށް އަސްޢަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް އެ އަމުރުގައި ވާކަމަށް ފުލުހުން ބުނެއެވެ.
އަސްޢަދު ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ. އަދި އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުވެސް އަދާ ކޮށްފައެވެ.