ގިނަ ވައްތަރުތަކުގެ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނަ ބްރަދާހުޑްގެ "ފަރިމަލާ" ފިހާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އެ ފިހާރަ ހުންނާނީ ފާމުދޭރި މަގު/ ބްރަދަހުޑް އިލެކްޓްރޯނިކްސްއާ ޖެހިގެންނެވެ.

އެ ފިހާރައިން ކުޑަ ކުދިންގެ ފައިވާނާއި އަންހެނުންގެ ފައިވާނާއި އަންހެނުންގެ އޮފީސް ހެދުންތަކުގެ އިތުރުން ކުއިލްޓް އަދި ބެޑިންގްސްގެ އައިޓަމްތައް ލިބެން ހުންނާނެއެވެ. އަދި, ދިވެހި ބްރޭންޑެއް ކަމަށްވާ "ޕެންޑާ" ބްރޭންޑުގެ ބެޑްޝީޓާއި ބާލީހާއި ހޯމް ޑެކާއަށް ބެނުންވާ ތަކެތި ވެސް އެ ފިހާރައިން ލިބެން ހުންނާއެވެ.

ފަރިމަލާ ފިހާރަ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޖާގަ ތަނަވަސް ފަރިމަލާ ފިހާރައިން މިހާރު އާ ބްރޭންޑްތަކުގެ ކޮސްމެޓިކްސްއާއި އަތް ދަބަހާއި އެކި ވައްތަރުގެ ރީތިވާ ސާމާނު ވެސް ނަން ހުސްކޮށް ލިބެން ހުންނާނެއެވެ.

ކައިރި ރަށަކަށް ދަތުރުދާން ވިސްނާނަމަ އާއިލާގެ އެކި އުމުރުގެ ކުދިންނަށް ބޭނުންވާނެ ހަމަ ހުރިހައިއެއްޗެއް މި ފިހާރައިން ލިބެން ހުރެއެވެ. ސަން ކުރީމް ފުޅިން ފެށިގެން ސްވިމް ވެއާ އަދި ބީޗްބޯލްސް އާއި އެކި ސައިޒުގެ ވައިޖަހާލެވޭ ރިންގްވެސް ލިބެއެވެ.

ހަމައެއާ އެކު، ކޮންމެ ހަފުތާއަކު ވެސް ހޮވައިލެވޭ އެކި ކެޓަގަރީސްތަކުން ބޮޑެތި ޑިސްކައުންތުތަކާ އެކު ސޭލް ކުރިއަށް ގެންދެއެވެ.

ފަރިމަލާ ފިހާރަ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިހާރު ވެސް ފިރިހެނުންގެ ސޯޓާއި ކުޑަ ކުދިންގެ ފައިވާނުގެ އިތުރުން އެކިކަހަލަ އޮފީސް ހެދުން ސޭލުން ލިބެން ހުންނާއެވެ. އަދި، ހެޔޮ އަގުގައި ގިނަ ވައްތަރުތަކެއް މި ފިހާރައިން ލިބެން ހުންނާއެވެ.

އަލަށް ޖިމަށް ދާކުދިން ނުވަތަ ކަސްރަތު ކުރަން ފަށާކުދިން މިހާރު ހާސް ވާކަށް ނުޖެއެވެ. ބޭންކް އެކައުންޓް ހުސްކޮށް ނުލާ ފަރިމަލާއިން ހެޔޮއަގުގައި ފިޓްނެސް ވެއާއިން ފެށިގެން އެކި ބްރޭންޑްގެ ބޫޓާއި މައިކްރޯފައިބާ ތުވާލިވެސް ލިބޭނެއެވެ.

އޮފީސްތަކަށް ދާ އަންހެން ކުދިންނަށް ފަރިމަލާވަރެއް ހަމަނެތެވެ. އޮފީސް ހެދުމުން ފެށިގެން ގޮސް އަތްދަބަހާއި ސެންޓުވެސް ނަން ހުސްކޮން މި ފިހާރައިން ލިބެން ހުރެއެވެ.

މި ފިހާރަ ހުޅުވާފަ ހުންނާނީ ހެނދުނު 9:00 އިން 11:00 އަށް، މެންދުރު 1:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.