އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގެ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިލްވައުކީ ބަކްސް އާއި މެމްފިސް ގްރިޒްލީސްގެ މެދުގައި ކުޅުނު ޕްރީސިޒަން މެޗް ބަކްސް ކާމިޔާބުކޮށްފިއެވެ.

މިލްވައުކީގެ ފިސާވް ފޯރަމްގައި ކުޅުނު މި މެޗް ބަކްސް ކާމިޔާބުކޮށްފައިވަނީ 124 ޕޮއިންޓް 116 ޕޮއިންޓުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދާދީ ހަތް ރީބައުންޑް ނަގާދީ ހަތަރު އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ.

ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދާދީ ހަތަރު ރީބައުންޑް ނަގާދީ ފަސް އެސިސްޓް ދިން ޑެސްމޮންޑް ބޭންއެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން މިއަދު ހެނދުނު ވަނީ އެން.ބީ.އޭއަށް ނިސްބަތްވާ ޓީމްތަކުން ހަތް މެޗެއް ކުޅެފައެވެ. މި ގޮތުން ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗް 120 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ސެވަންޓީ ސިކްސާސްއެވެ. މި މެޗްގައި ސިކްސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދާދީ ފަސް ރީބައުންޑް ނަގާދީ ދެ އެސިސްޓް ދިން ޑި އެންތަނީ މެލްޓަންއެވެ. އަދި ހޯކްސްގެ ޓްރެއި ޔަންގް ވަނީ 19 ޕޮއިންޓް ހޯދާދީ ދެ ރީބައުންޑް ނަގާދީ 10 އެސިސްޓް ކޮށްފައެވެ.

އޯލާންޑޯ މެޖިކް އާއި ބްރެޒިލްގެ ފްލަމެންގޯ ބައްދަލުކުރިމެޗް 109 ޕޮއިންޓް 76 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ. މި މެޗްގައި މެޖިކްގެ ޖެޓް ހޮވާޑްވަނީ 21 ޕޮއިންޓް ހޯދާދީ ތިން ރީބައުންޑް ނަގާދީ ދެ އެސިސްޓް ކޮށްފައެވެ. ފްލަމެންގޯއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ޕޮއިންޓް ހޯދާދީ ހަތަރު ރީބައުންޑް ނަގާދީ ހަ އެސިސްޓް ދިން ސްކޮޓް މަޗާޑޯއެވެ.

އިންޑިއާނާ ޕޭސާސް އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސާސްއެވެ. މި މެޗްގައި ޕޭސާސްގެ އޮބީ ޓޯޕިން ވަނީ 17 ޕޮއިންޓް ހޯދާދީ ނުވަ ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. އަދި ކެވެލިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދީ ތިން ރީބައުންޑް ނަގާދީ ހަތަރު އެސިސްޓް ކޮށްފައެވެ.

މީގެ އިތުރުން ސެން އެންޓޯނިއޯ ސްޕާސް އާއި ގޯލްޑަން ސްޓޭޓް ވޮރިއާސް ބައްދަލުކުރިމެޗް 122 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބުކުރީ ސްޕާސްއެވެ. މި މެޗްގައި ސްޕާސްގެ ޖެރެމީ ސޮޝާން ހަތް ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ ހަ އެސިސްޓް ދިންއިރު ވޮރިއާސްގެ މޯސެސް މޫޑީ ވަނީ 18 ޕޮއިންޓް ހޯދާދީ އަށް ރީބައުންޑް ނަގާދީގައެވެ.

އެހެން މެޗްތަކަށް ބަލާލާއިރު ޓޮރޮންޓޯ ރެޕްޓާސް އާއި ވޮޝިންގްޓަން ވިޒަޑްސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 98 ޕޮއިންޓުން ރެޕްޓާސް ކާމިޔާބު ކުރިއިރު ހިއުސްޓަން ރޮކެޓްސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 110 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ރޮކެޓްސްއެވެ. އަދި ޑެލަސް މެވްރިކްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ.