ކުށެއްގެ ތުހުމަތުގައި މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވަނިކޮށް، ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހުންނަށް ތުހުމަތު ކުރެވެނީ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި ވަނިކޮށް އެތަނުގައި ޖަހާފައި ހުރި ޕާޓިޝަންގައި ފައިން ޖަހާ ފަޅާލައި، މުދަލަށް ގެއްލުން ދިން ކަމަށެވެ.

އެ ދެ މީހުންގެ ބަންދަށް ވަނީ ތިން ދުވަސް ޖަހާފައެވެ.

ކްރިމިނަލް ކޯޓްގެ އަމުރުން އެނގޭ ގޮތުގައި އެ ދެ މީހުންގެ ވެސް ކުށުގެ ރެކޯޑް އޮވެއެވެ.