20 Oct 2023, 22:28
ފަލަސްތީނާ މެދު ދިވެހީންގެ ހިތްތަކުގައި އޮތް ލޯބި ދައްކައިލަން މިރޭ މާލޭގައި ބޭއްވި ހިނގާލުމުގެ ކުދިބޮޑު ދެ ޖިންސުގެ ގިނަ ބަޔަކު ބައިވެރިވެ، އިޒްރޭލުގެ ޔަހޫދީންނަށް ރާއްޖެ ނާދެވޭ ގޮތަށް ބޮއިކޮޓު ކުރަން ގޮވާލައިފިއެވެ.
މި މަހު ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. ހުއްޓުމެއް ނެތި ޔަހޫދީން ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 4،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު 15،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އެ ހަމަލާތައް ވަގުތުން ހުއްޓައިލާ، ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައި މިރޭ މާލޭގައި ބޭއްވި ހިނގައިލުން ފަށާފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ.

ފަލަސްތީނާ އެކު ދިވެހީން ބޮޑު ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާހިލް އާތިފް
ރަސްފަންނުން ފެށި ހިނގާލުން، މަޖީދީ މަގުން ކުރިއަށް ގެންގޮސް ނިންމާލާފައިވަނީ ހެންވޭރު ފުޓުބޯޅަ ދަނޑަށެވެ. ހެންވޭރު ދަނޑުގައި ތިބެ ހިނގާލުމުގެ ބައިވެރިން ވަނީ އިޒްރޭލުގެ ޔަހޫދީން ރާއްޖެއައުން މަނާ ކުރަން ގޮވާލައިފައެވެ.
އެތައް ސަތޭކަ މީހުންނެއް ބައިވެރިވި، މި އެއްވުމުގައި ވަނީ ފަލަސްތީނު މިނިވަންކޮށް، އިޒްރޭލުން އެ ގައުމަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓައިލަން ގޮވާލައިފައެވެ. އަދި، ފަލަސްތީނަށް އެހީ ފޯރުކޮށްދޭ ރަފާ ބޯޑަރު ހުޅުވައިލަން ވެސް އެއްވުމުގެ ބައިވެރިން ވަނީ ގޮވާލައިފައެވެ. ހިނގާލުން ނިންމާލައިފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ކުރި ހާއްސަ ދުޢާ އަކުންނެވެ.
މިރޭގެ އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، މީގެ ކުރިން ވެސް ވަނީ ފަލަސްތީނާ މެދު އޮތް ލޯބި ދައްކައިލަން ބޮޑު އެއްވުމަކާއި ސައިކަލު ބުރެއް ވެސް ބާއްވައިފައެވެ. އަދި، ދިވެހި މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނުން 15 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެ ގައުމަށް ހަދިޔާ ކޮށްފައިވާއިރު، ދިވެހީންގެ ފަރާތުން ފޮނުވި އެހީގެ ގޮތުގައި އެއް ލައްކަ ޑޮލަރު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ބަހައިފައެވެ.

ފަލަސްތީނާ އެކު ދިވެހީން ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މާހިލް އާތިފް
ފަލަސްތީނާ އެހީވުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ން މިހާރު ވެސް ވަނީ ހުޅުވާލައިފައެވެ. އެގޮތުން:
ބީއެމްއެލް އިސްލާމިކް އެކައުންޓް ނަމްބަރު: 7770000062741
- އެކައުންޓް ނަން: International Aid Campaign
- އެކައުންޓް ލޭބަލް: IAC | EMERGENCY
އިޒްރޭލުން ވަނީ ފަލަސްތީނުން ކަރަންޓާއި ފެން ފަދަ ޒަރޫރީ ތަކެތި ވެސް
އިޒްރޭލުން ވަނީ ފަލަސްތީނުގެ ހޮސްޕިޓަލަކަށް ވެސް ހަމަލާ ދީފައެވެ. އެ ހަމަލާގައި އެކަނި ވެސް ފަލަސްތީނުގެ 500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، ޣައްޒާގައި ހުރި ވެސް ވަނީ ހުއްޓުވާލައިފައެވެ.